އަނދާ ހުލިވީ ޕީޖީ ލީޑަރު ފަލާހުގެ ސަފާރީ

އެއީ ފަލާހުގެ ކުންފުންޏެއް ކަމަށްވާ ސަން ހޮލިޑޭޒް އިން ގަނެފައިވާ ސަފާރީ އެވެ. ޓޫރިޒަމް މިނިސްޓްރީން ވެބްސައިޓު ބުނާ ގޮތުން އެއީ "ސަން ހޮލިޑޭޒް" ނަމަކަށް ކިޔާ ކުންފުންޏެއްގެ ސަފާރީ އެކެވެ.

ޕީޖީ ލީޑަރު ފަލާހު އަދި ސިފައިން ސަފާރީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ

ހުޅުމާލެ ފަޅު ތެރޭ އޮއްވާ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އަނދާ ހުލިވެފައި ވަނީ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ ސަފާރީއެއްގައި ކަން އެނގިއްޖެ އެވެ.

"އެމްޕަރާ އެކްސްޕްލޯރާ" ނަމަކަށް ކިޔާ އެ ސަފާރީ ރޯވެފައި ވަނީ މިއަދު ހަވީރު 5:00 ހާއިރެވެ.

ޓޫރިޒަމް މިނިސްޓްރީން ވެބްސައިޓު ބުނާ ގޮތުން އެއީ "ސަން ހޮލިޑޭޒް" ނަމަކަށް ކިޔާ ކުންފުންޏެއްގެ ސަފާރީއެކެވެ. އަދި އެ ސަފާރީ ހިންގަމުން އަންނަނީ "އިކޯ ޑައިވާޒް" ނަމަކަށް ކިޔާ ކުންފުންޏެވެ.

އެ ސަފާރީގެ ވެރިފަރާތް ކަމަށްވާ ސަން ހޮލިޑޭޒް އަކީ ފަލާހުގެ ކުންފުންޏެކެވެ. އިކޮނޮމިކް މިނިސްޓްރީން އާންމު ކޮށްފައިވާ މައުލޫމާތުތަކާއި ފަލާހުގެ މާލީ ބަޔާންތައް ބުނާ ގޮތުން 2017 ވަނަ އަހަފުން ފެށިގެން އެ ކުންފުނީގެ 90 ޕަސެންޓު ހިއްސާދާރަކީ ފަލާހެވެ. އަދި ސަން ހޮލިޑޭޒްގެ މެނޭޖިން ޑިރެކްޓަރަކީ ވެސް ފަލާހެވެ. އެކަމާ ގުޅޭ ގޮތުން ފަލާހުގެ ބަހެއް އަދި ނުލިބެ އެވެ.

އަލިފާން ރޯވިއިރު އެ ސަފާރީ އަޅާފައި އޮތީ ކުރުނބާ މޯލްޑިވްސް އާއި ހުޅުމާލެއާ ދެމެދުގަ އެވެ. އަދި އެ ހާދިސާގައި ސަފާރީގެ ބޮޑުބައި އޮތީ އަނދާ ހުލިވެފަ އެވެ. އެ ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.