ހާރިޖީ ގުޅުންތައް ހީނަރުވާ ގޮތަށް ވާހަކަ ނުދައްކަން ބުނެ، ސަރުކާރުގެ ނުސީދާ އިލްތިމާސް ނަޝީދަށް

"ހާރިޖީ ސިޔާސަތާއި، ސަރަހައްދީ ސަލާމަތާއި، ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭގޮތުން، ހާއްސަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ފާޅުކުރައްވާ ހިޔާލުތަކަކީ އޭގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަންކަމެވެ."

ކުރީގެ ރައީސް މުހައްމަދު ނަޝީދު: --

ޚާރިޖީ ސިޔާސަތާއި، ސަރަޙައްދީ ސަލާމަތާއި، ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭގޮތުން، ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ފާޅުކުރައްވާ ހިޔާލުތަކަކީ އޭގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުންނާނެކަމެއް ކަމަށް ބުނެ، ސަރުކާރުގެ ނުސީދާ ރައްދެއް ކުރީގެ ނަޝީދު މުހައްމަދު ނަޝީދަށް ދީފި އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިދިޔަ ހަފުތާގައި ބޭއްވި 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގެން، ނަޝީދު ވަނީ ރާއްޖޭގެ ހާރިޖީ ގުޅުންތަކާ ގުޅޭ ހިޔާލުތައް އެ ގައުމުގެ މީޑިއާތަކާ ހިއްސާކުރައްވައިފަ އެވެ.

މިގޮތުން، ރާއްޖޭގެ ދަރަނީގެ ހާލަތާއި ރާއްޖެ އާއެކު މޮރިޝަސްއިން ގުޅުން ކަނޑައިލުމާ ގުޅޭގޮތުން ވެސް ނަޝީދު ވަނީ ވާހަކަ ދައްކަވައިފަ އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށް ކުރިއަށް ގެންދަނީ ޤައުމީ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ، ކަނޑައެޅިފައިވާ ނިޒާމުތަކުގެ ތެރެއިން ކަމަށެވެ.

މިގޮތުން ރާއްޖޭގެ ތަރައްގީގެ ބައިވެރިންނާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށާއި، އެކަކު އަނެކަކަށް ކުރާ އިޙުތިރާމާއި ދެފަރާތުގެ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް، ހުރިހާ ޤައުމުތަކާއެކު ބޭއްވުމަށް ރާއްޖެއިން ނުހަނު ބޮޑު އިސްކަމެއްދޭ ކަމަށް ބުންޏެވެ. 

"ހާރިޖީ ސިޔާސަތާއި، ސަރަހައްދީ ސަލާމަތާއި، ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭގޮތުން، ހާއްސަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ފާޅުކުރައްވާ ހިޔާލުތަކަކީ އޭގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަންކަމެވެ،" މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން މިފަދަ ވާހަކަތަކަކީ ހަގީގަތުގެ މައްޗަށް ބިނާވެފައިވާ، ގައުމީ މަސްލަހަތާއި ބޭރު ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް އަސަރުކުރާ ފަދަ ކަންކަމުގައި ވާހަކަދައްކާއިރު، ނުހަނު ބޮޑަށް ސަމާލުވެ، ހިކުމަތްތެރިކަން އިސްކުރުމުގެ މުހިންމުކަން މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.