މި ހާދިސާގައި ދުމުގެ އަސަރުކުރުމާ ގުޅިގެން، ސަފާރީގެ ދެ ފަޅުވެރިއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި، އެ ސަފާރީގައި ތިބި އެންމެން ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ، އެމަޕަރާ އެކްސްޕްލޯރާ ނަމަކަށް ކިޔާ ސަފާރީގައި ރޯވެގެން ހުޅުމާލެ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމުލަ 43 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 25 ފަތުރުވެރިންނާއި 18 ފަޅުވެރިންނެވެ.
މި ހާދިސާގައި ދުމުގެ އަސަރުކުރުމާ ގުޅިގެން، ސަފާރީގެ ދެ ފަޅުވެރިއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ފަރުވާ ދެމުންދާ ދެ ފަޅުވެރިން ފިޔަވައި، ސަފާރީގައި ތިބި އެހެން ހުރިހާ އެންމެން ވަނީ ޑިންގީއެއްގައި ރައްކާތެރިކަމާއެކު ހުޅުމާލެއަށް ގެންގޮސްފަ އެވެ.
މި ހާދިސާގައި އެ ސަފާރީއަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.