އެމްއެމްއޭ ވެބްސައިޓް ޑައުންވީ ދިރާގު ހޮސްޓިންއަށް ދިމާވި މައްސަލައަކުން

އެމްއެމްއޭއިން ބުނީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން ކަށަވަރުވެފައިވާ ގޮތުގައި ބަދަލުތަކެއް ގެނެސްފައިވަނީ ހަމައެކަނި ވެބްސައިޓްގެ މައި ސަފުހާ (ހޯމްޕޭޖް) އަށެވެ.

މީހަކު އެމްއެމްއޭ ސައިޓް ހުޅުވައިގެން އިން އޭއައިއޭ އުފައްދާފައިވާ ފޮޓޯއެއް

މަރުކަޒީ ބޭންކް އެމްއެމްއޭގެ ވެބްސައިޓް ޑައުންވީ ދިރާގު ހޮސްޓިންގެ މައްސަލައަކުންނެވެ. އަދި އެ މައްސަލަ މިހާރު ވަނީ ހައްލުކޮށްފި އެވެ. 

މިރާ އަށް އެނގިފައިވާ ގޮތުގައި މިއަދު އެމްއެމްއޭގެ ސައިޓަށް ދިމާވި މައްސަލައަކީ ދިރާގު ހޮސްޓިންގައި ދިމާވި ފަންނީ މައްސަަލައެއްގެ ސަބަބުން ކުރިމަތިވި ކަމެކެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އެމްއެމްއޭއިން އެއްޗެއް ބުނެފައެއް ނުވެ އެވެ. 

އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ވެބްސައިޓް އަށް ދިމާވި ވަގުތީ މައްސަލަ މިހާރު ހައްލުކޮށް، ވެބްސައިޓްގެ ޚިދުމަތްތައް ވަނީ އާންމު ހާލަތަށް ރުޖޫޢަކުރެވިފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ދެނެގަތުމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ޚިދުމަތްދޭ ފަރާތާ ގުޅިގެން އެމްއެމްއޭ އިން ދަނީ ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.