ރޯވެފައި ވަނީ ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއާ 2" ނަމަކަށްކިޔާ ދޯންޏެއްގެ އިންޖީނު ރޫމުގަ އެވެ.

ރޯވެފައި ވަނީ ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއާ 2" ނަމަކަށްކިޔާ ދޯންޏެއްގެ އިންޖީނު ރޫމުގަ އެވެ.
އެމްއެންޑީއެފް އިން ބުނީ 13:22 ހާއިރު ހާދިސާގެ މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ގޮސް، ދޯނީގެ އިންޖީނު ރޫމުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. އަލިފާން ނިއްވާލެވުނީ މިއަދު 14:45 ހާއިރު އެވެ.
ހާދިސާ ހިނގި ވަގުތު ދޯނީގައި ފަސް މީހުން ތިއްބެވެ. ހާދިސާ ހިނގުމާއެކު އެމީހުން އެހެން ދޯންޏަކަށް އަރައި، ރައްކާތެރިކަން ހޯދާފައިވެ އެވެ.
މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ދޯނީގެ އިންޖީނު ރޫމަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.