މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ

އެހެންވެ، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހި، ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފަ އެވެ.

ވިއްސާރަ ދުވަހެއްގެ ފޮޓޯއެއް: މިއީ މޫސުން ގޯސް ދުވަސްވަރެއް -- މިރާ

މިހާރު ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން މޫސުން ގޯސްވަމުންދާތީ، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

މި ކޮޅިގަނޑުގެ ސަބަބުން  ދެކުނު ސަރަހައްދުގައި ވައި ގަދަވަމުންދާއިރު، ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ ދަނީ އުފެދެމުންނެވެ.

އެހެންވެ، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހި، ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފަ އެވެ.

އެންޑީއެމްއޭ އިން ވަނީ އޭގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ގޯތި ގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރާނެ ގޮތްތައްވެސް ކިޔައިދީފައިވެ އެވެ. އެގޮތުން؛

  •  ގެއަށް ފެންވަދެދާނެ ކަމަށް ގޭ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
  •  ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުތަކުގައި ހުންނަ ކާބޯތަކެއްޗާއި ހިފައި ގެންގުޅޭ ތަކެތި ފެން ނުޖެހޭ ހިސާބުތަކަށް ބަދަލުކުރުން
  •  ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ކުރިޔާލާ ވާފަދަ ތަކެތިން ހައްޔަރުކުރުން
  •  ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ރައްކާތެރިކުރުން
  •  ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވައިލުން
  •  ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެތި ދަތިނުވާނެ ގޮތަށް ދުރާލާ އިންތިޒާމްކޮށްފައި ބެހެއްޓުން

އޭގެއިތުރުން، ކަނޑު ދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށާއި، ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީން ކުރުމަށްވެސް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.