ގއ. އަތޮޅުގެ މަޖިލީސް މެންބަރުކަމާއި ގާނޫނުއަސާސީ އެކުލަވާލަން އުފެއްދި ހާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި ރާމިޒު މިއަދު އަވަހާރަވެފައިވަނީ އުމުރުން 74 އަހަރުގަ އެވެ.

ގއ. އަތޮޅުގެ މަޖިލީސް މެންބަރުކަމާއި ގާނޫނުއަސާސީ އެކުލަވާލަން އުފެއްދި ހާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި ރާމިޒު މިއަދު އަވަހާރަވެފައިވަނީ އުމުރުން 74 އަހަރުގަ އެވެ.
ރާމިޒުގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.
ރާމިޒު އަވަހާރަވުމުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
"މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް މުޙައްމަދު ރާމިޒް ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން،" ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެ އެވެ.