"އެހެންކަމުން ކުރިއަށް އޮތް ފަސް ދުވަސް [މިއަދުން ފެށިގެން މިމަހުގެ 13 އާ ހަމައަށް] ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދުގައި ވައިގަދަވެ ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ،" މެޓް އޮފީހުން ބުންޏެވެ.

މި ފެށޭ ހަފުތާއަކީ ރާއްޖޭގެ ސަރަހައްދުގައި ވަޔާއި ކަނޑު ގަދަ ހަފުތާއެއްކަމުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި އެވެ.
މެޓުން ރޭ ބުނީ ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑަކާއި ގުޅިގެން ދެކުނު ސަރަހައްދުގައި ވައި ގަދަވަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދާ ކަމަށެވެ.
އެއާއެކު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ފެށިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް މެޓުން ބުނެފައިވެ އެވެ.
"އެހެންކަމުން ކުރިއަށް އޮތް ފަސް ދުވަސް [މިއަދުން ފެށިގެން މިމަހުގެ 13 އާ ހަމައަށް] ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދުގައި ވައިގަދަވެ ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ،" މެޓް އޮފީހުން ބުންޏެވެ.
އެހެންކަމުން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރިގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މެޓް އޮފީހުން މިހާރުވެސް ވަނީ ދެކުނަށް ވައިޓް އެލާޓް ނެރެފަ އެވެ. އެގޮތުން ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ނެރެފައިވާ އެ އެލާޓުގައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.