މިދިޔަ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.3% ކުރިއަރާފަ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ކުޑަ މަޑުޖެހުމެއް ނަމަވެސް، މުޅި 2025 ވަނަ އަހަރުގެ ކުރިއެރުން ވަނީ 6.3% އަށް އަރާފަ އެވެ.

މި އަހަރު ރާއްޖޭގެ އިގްތިސާދު ވަނީ އުންމީދު ކުރިވަރަށް ވުރެ ބޮޑަށް ކުރިއަރާފަ އެވެ. ނަމަވެސް، މިއަހަރުގެ މާރިޗު މަހު ޓޫރިޒަމް ދާއިރާއަށް ވަނީ ބޮޑު ދަށްވުމެއް އައިސްފަ އެވެ. މި އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 4.8 ޕަސެންޓާއި 5.3 ޕަސެންޓާ ދެމެދުގެ މިންވަރަކަށެވެ.
އެމްއެމްއޭ އިން އާއްމުކުރި އިކޮނޮމިކް އަޕްޑޭޓް ދައްކާ ގޮތުން މިދިޔަ ފަހު ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ރިއަލް ޖީޑީޕީ ވަނީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.3 ޕަސެންޓް ކުރިއަރާފަ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ކުޑަ މަޑުޖެހުމެއް ނަމަވެސް، މުޅި 2025 ވަނަ އަހަރުގެ ކުރިއެރުން ވަނީ 6.3 ޕަސެންޓަށް އަރާފަ އެވެ. މިއީ ކުރިން އަންދާޒާ ކުރި ވަރަށް ވުރެ 0.9 ޕަސެންޓް މަތީ އަދަދެކެވެ.
މި އަހަރުގެ މާރިޗު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 2025 ވަނަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 21 ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ މަހު ރާއްޖެ އަށް އައީ ޖުމްލަ 161,259 ފަތުރުވެރިންނެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން އިޓަލީ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުވިލާތުން އައި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އަދި ރިސޯޓުތަކުގައި ފަތުރުވެރިން ހޭދަކުރި ރޭގެ އަދަދު 12 ޕަސެންޓް ދަށްވި ނަމަވެސް، ގެސްޓްހައުސްތަކުގައި މި އަދަދު ވަނީ 18 ޕަސެންޓް އިތުރުވެފަ އެވެ.
ޓޫރިޒަމް ދާއިރާގައި ބޭނުންކުރާ އެނދުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 4,818 އެނދު އިތުރުވެފައިވީ ނަމަވެސް، ޓޫރިސްޓުން އައި މިންވަރު މަދުވުމުގެ ސަބަބުން އޮކިއުޕެންސީ ރޭޓް ވަނީ 65 ޕަސެންޓުން 57 ޕަސެންޓަށް ދަށްވެފަ އެވެ. އެހެންނަމަވެސް، ފަތުރުވެރިން ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު ވަނީ 6.8 ދުވަހުން 7.1 ދުވަހަށް ކުޑަކޮށް އިތުރުވެފަ އެވެ.