ކެލިފޯނިއާގެ މަރުކަޒީ ސަރަހައްދުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން، ގާތްގަނޑަކަށް 420,000 މި ބޮޑު ގެއްލުމާއެނު ނައްތާލަން މަޖުބޫރު ވެގެން ހަލާކުކޮށްލާފަ އެވެ.

ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޑެލް މޮންޓޭ ފުޑްސް ބަނގުރޫޓުވުމާއެކު ހަތަރު ލައްކައަށްވުރެ ގިނަ ޕީޗް ގަސް ނައްތާލައިިފި އެވެ.
ކެލިފޯނިއާގެ މަރުކަޒީ ސަރަހައްދުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން، ގާތްގަނޑަކަށް 420,000 މި ބޮޑު ގެއްލުމާއެނު ނައްތާލަން މަޖުބޫރު ވެގެން ހަލާކުކޮށްލާފަ އެވެ.
މި ފިޔަވަޅު އަޅަން ޖެހުނީ ފެކްޓްރީތައް ބަންދުކުރުމުންނެވެ. ދުނިޔޭގައި 139 އަހަރުވީ ޑެލް މޮންޓޭ ކުންފުނިން ވަނީ މޮޑެސްޓޯ އަދި ހިއުސަންގައި ހުރި އެ ކުންފުނީގެ ކެނަރީތައް މިދިޔަ އޭޕްރީލް މަހު ދާއިމީކޮށް ބަންދުކޮށްފަ އެވެ. މިކަމުގެ ސަބަބުން ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. ގިނަ ދަނޑުވެރިންނަކީ އެ ކުންފުންޏާއެކު 20 އަހަރުގެ އެއްބަސްވުންތައް ހަދާފައިވާ ފަރާތްތަކެކެވެ. މި ބަދަލާއެކު ދަނޑުވެރިންނަށް ލިބޭ އާމްދަނީން ގާތްގަނޑަކަށް 550 މިލިއަން ޑޮލަރު އުނިވާނެ ކަމަށް ލަފާކުރެވެ އެވެ.
އެމެރިކާގެ ސަރުކާރުން ވަނީ މި ގަސްތައް ނައްތާލުމަށް ދަނޑުވެރިންނަށް ނުަ މިލިއަން ޑޮލަރުގެ އިމަޖެންސީ އެހީއެއް ދޭން ނިންމާފަ އެވެ. މިއީ ގާތްގަނޑަކަށް 3,000 އޭކަރުގެ ދަނޑުބިން ސާފު ކުރުމަށް ދެވޭ އެހީ އެކެވެ.
ޑެލް މޮންޓޭ ބަނގުރޫޓުވުމުގެ އެންމެ ބޮޑު ސަބަބަކީ ކުންފުނި ހިންގުމުގައި އުފެދިފައި އޮތް ބޮޑު ދަރަންޏެވެ. ކުންފުނި އެކި ފަހަރު މަތިން ގަނެވިއްކުމުގެ ތެރޭގައި އުފެދުނު ލޯނުތަކާއި، އިންޓްރެސްޓް ރޭޓްތައް މަތިވުމުގެ ސަބަބުން ދަރަނި އަދާކުރުމަށް ކުންފުންޏަށް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. އަދި މިހާރުގެ ކަސްޓަމަރުން ބޮޑަށް އިސްކަންދެނީ ތާޒާ ނުވަތަ ގަނޑުކުރި މޭވާއާއި ތަރުކާރީ އަށެވެ. ދަޅުގައި ބަންދުކުރި ކާނާއަކީ ގިނަ ދުވަހު ބެހެއްޓުމަށްޓަކައި ހަކުރު ނުވަތަ ލޮނު ގިނައިން ހުންނަ އެއްޗަކަށް ވާތީ، ސިއްހަތަށް ބަލާ މީހުން ދަޅުކާނާއާ ދުރުވުމަކީ ޑެލް މޮންޓޭގެ ވިޔަފާރި އަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ.