އަނިޔާވެފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނި ނަމަވެސް، އެއީ ކާކުކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެއީ ނާޒިމްކަން ވަނީ ކަށަވަރުވެފަ އެވެ.

ގާނޫނީ ވަކީލު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ރޭގެ ވަގުތެއްގައި ޒަހަމްކޮށްލައިފި އެވެ.
ފުލުހުން މިއަދު ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ރޭ 12:09 އެހައިކަންހާއިރު އޭޑީކޭ ހޮސްޕިޓަލުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަނިޔާވެފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނި ނަމަވެސް، އެއީ ކާކުކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެއީ ނާޒިމްކަން ވަނީ ކަށަވަރުވެފަ އެވެ.
މިހަމަލާ ނާޒިމަށް ދިނީ ކޮން ސަބަބަކާ ހުރެ ކަމެއްވެސް އަދި ސާފެއް ނުވެ އެވެ.