ހަންޓާވައިރަސްގެ ރިސްކު ރާއްޖެއަށް ކުޑަ: އެޗްޕީއޭ

އެގޮތުން މިހާތަނަށް މިހާތަނަށް ރާއްޖެއިން އެ ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް ފެނިފައި ނުވާކަމަށް އެ އެޖެންސީން ބުންޏެވެ.

ހަންޓާވައިރަސް --

ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނާއެއްގައި ތިބި ބައެއްގެ ގައިން ފެނިފައިވާ ހަންޓާވައިރަސްގެ ރިސްކު ރާއްޖެއަށް އޮތް މިންވަރު ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ހަންޓާވައިރަސް ފެނިފައި ވަނީ ސްޕެއިންގެ ޓެނެރީފް އައިލެންޑަށް ދަތުރުކުރި "އެމްވީ ހޮންޑިއަސް" ކިޔާ ކުރޫޒް ބޯޓަކުން ދަތުރުކުރި ބައެއްގެ ގައިންނެވެ.

އެޗްޕީއޭއިން މިރޭ ބުނީ އެ ކުރޫޒް ލައިނާއިން ވައިރަސް ފެނުމާ ގުޅިގެން ޑަބްލިއުއެޗްއޯއާ ގުޅިގެން އެކަން މޮނީޓާ ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާތަނަށް މިހާތަނަށް ރާއްޖެއިން އެ ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް ފެނިފައި ނުވާކަމަށް އެ އެޖެންސީން ބުންޏެވެ.

"ރާއްޖެއަށް ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް،" އެޗްޕީއޭއިން ބުނެފައިވެ އެވެ.

ހަންޓާވައިރަސް އަކީ މީދަލުގެ ތެރޭގައި ފެތުރޭ ބައްޔެކެވެ. އެބަލި އިންސާނުންނަށް ޖެހުން ވަރަށް ނާދިރު ނަމަވެސް ޖެހިއްޖެނަމަ ގަދައަށް ހުން އައުމާއި ވަރަށް ބޮޑަށް ގައިގައި ރިއްސުންފަދަ ކަންކަން ދިމާވެ އެވެ.

މިބަލި އިންސާނުންގެ ގަޔަށް އަރަނީ އެ ވައިރަސް ޖެހިފައިވާ މީދަލުގެ ނަޖިހާއި ކުޅު، އިންސާނުންގެ ނޭވާގެ ނިޒާމުން ހަށިގަނޑަކަށް ވަނުމުގެ ސަބަބުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.