އިކޮނޮމިކް އަޕްޑޭޓް ދައްކާ ގޮތުން މާރިޗުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވް ހުރީ 1.3 ބިލިއަން އެމެރިކާ ޑޮލަރުގަ އެވެ. ނަމަވެސް ޔޫޒަބަލް ރިޒާވްވަނީ 70 މިލިއަން ޑޮލަރަށް މަދުވެފަ އެވެ.

ރާއްޖޭން ގާތްގަނޑަކަށް ކުރި މުއްދަތެއްގެ ތެރޭގައި ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދެއްކުމާއެކު، ބޭނުން ކުރެވޭ ރިޒާވް އެއް މަސް ދުވަހުގެ އިމްޕޯޓަށް ކުޑަވެއްޖެ އެެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ދެއްކި އެންމެ ބޮޑު ދަރަނި ސަރުކާރުން ވަނީ މިދިޔަ މަހު އަަދާކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރެވެ. މި ދަަރަނި އަދާކުރީ ރިޒާވުގައި ހުރި ފައިސާ އާއި ފަހަށް ރައްކާކުރާ ފަންޑުގައި ހުރި ފައިސާ ފައިސާއިންނެވެ. އަދި އޭގެފަހުން ސަރުކާރުން ވަނީ އިންޑިއާއަށް ދައްކަން ޖެހޭ ކަރަންސީ ސްވޮޕްގެ 400 މިލިއަން ޑޮލަރުގެ ދަރަނި ވެސް އަދާކޮށްފަ އެވެ. އަދި އިތުރުން 360 މިލިއަން ޑޮލަރުގެ ސްވޮޕެއް ދޭން އެ ގައުމުން ވަނީ ނިންމާފަ އެވެ.
މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ދަރަނި ދެއްކުމާއެކު 60 މިލިއަން އާއި 70 މިލިއަން އެމެރިކާ ޑޮލަރާ ދެމެދެދަށް މަދުވެފަ އެވެ. މި އަދަދަކީ ގާތްގަނޑަކަށް އެއް މަސް ދުވަހުގެ އިމްޕޯޓަށް ފުދޭ ވަރުގެ ފައިސާ އެވެ. އާއްމުކޮށް ރާއްޖޭގެ ރިޒާވްގައި ދެ މަހުގެ އިމްޕޯޓަށްވާ ފައިސާ ހުރެ އެވެ.
އެމްއެމްއިން ނެރުނު އެންމެފަހުގެ އިކޮނޮމިކް އަޕްޑޭޓް ދައްކާ ގޮތުން މާރިޗުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވް ހުރީ 1.3 ބިލިއަން އެމެރިކާ ޑޮލަރުގަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މާރިޗު މަހު ރިޒާވްގައި ހުރީ 791 މިލިއަން ޑޮލަރެވެ. އެހެންކަމުން މިއީ 540.8 މިލިއަން ޑޮލަރު ނުވަތަ %68 ގެ ކުރިއެރުމެކެވެ.