ހުޅުމާލޭގެ އެންމެ ހިތްގައިމު އެއް ސަރަހައްދު ކަމަށްވާ ޗެނަލް ޕާކު ސަރަހަށްދަށް ކަނޑުން އޮޔާ އައިސް ވަންނަ ކުނީގެ ސަބަބުން އެތަން ހަޑިވުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ

ހުޅުމާލޭ ޗެނަލްގެ ތެރެއަށް އޮއިވަރާއެކު ޖަމާވާ ކުނި މަދުކުރުމަށްޓަކައި އެތަނުގައި ދާ ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.
ހުޅުމާލޭގެ އެންމެ ހިތްގައިމު އެއް ސަރަހައްދު ކަމަށްވާ ޗެނަލް ޕާކު ސަރަހަށްދަށް ކަނޑުން އޮޔާ އައިސް ވަންނަ ކުނީގެ ސަބަބުން އެތަން ހަޑިވުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެހެންވެ އެޗްޑީސީގެ މުވައްޒަފުން އިސް ނަގައިގެން އެ ކުންފުނިން މިއަދު ވަނީ އޮއެވަރާއެކު ކުނި ވަންނަ ދިމާލުގައި ދާޖަހާ ބަންދުކޮށްފަ އެވެ.
ހުޅުމާލެ ޗެނަލް ޕާކް (ނުވަތަ ކެނަލް ޕާކް) އަކީ ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ސަރަހައްދުގައި އޮންނަ ހިތްފަސޭހަ ބަގީޗާއެކެވެ. އެޗްޑީސީ އިން ވަނީ މި ސަރަހައްދު ފުރިހަމަ ކުރުމުގެ ގޮތުން މިތަނުގައި ކުރަކަ އިންދުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ.