މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު ފުރުމަށްފަހު، މިމަހުގެ 14 ވަނަ ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން ނެވެ.

ރާއްޖޭގައި ބޭނުންކުރުން ހުއްޓާލާފައިވާ، ފައިސާގެ ނޫޓު ބޭނުންކޮށްގެން އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މުބާރާތެއް ފަށައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނީ "ކްރާފްޓެޑް ބައި ކަރަންސީ- ޝްރެޑަޑް ނޯޓްސް ރީއިމޭޖިންޑް" ގެ ނަމުގައި ފެށި މި މުބާރާތަކީ އެމްއެމްއޭގެ ދެމެހެއްޓެނިވި ތަރައްގީއާއި، ތަކެތި އަލުން ބޭނުންކުރުމުގެ ސިޔާސަތުގެ ދަށުން، ބޭނުންކުރުން ހުއްޓާލާފައިވާ ފައިސާ ނޫޓުތަކުން ފަންނީ މަސައްކަތްތަކެއް އުފެއްދުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. ކޮންމެ އަހަރަކުވެސް އެތައް ކިލޯއެއްގެ ނޫޓު ހަދާކުވެގެން ޝްރެޑަޑް ކުރެ އެވެ.
ސުވެނިއަ ޑިޒައިން އެންޑް ޕްރޮޑަކްޝަން ކޮމްޕެޓިޝަން - މި ބައިގައި ބައިވެރިވާ ފަރާތްތަކުން ޖެހޭނީ ކޮށާފައިވާ ފައިސާ ނޫޓު ބޭނުންކޮށްގެން، އެމްއެމްއޭގެ ރަސްމީ ހަނދާނީ ހަދިޔާގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ފަރުމާ ކުރާށެވެ.
އާޓްވޯކް ކޮމްޕެޓިޝަން - މި ބައި ހާއްސަކޮށްފައިވަނީ ކޮށާފައިވާ ނޫޓު މައިގަނޑު އެއްޗެއްގެ ގޮތުގައި ބޭނުންކޮށްގެން ތައްޔާރުކުރާ ތަފާތު ފަންނީ ކުރެހުންތަކާއި ފަންނުވެރި އުފެއްދުންތަކަށެވެ.
އެމްއެމްއޭއިން ބުނީ މި މުބާރާތުން ހޮވާލެވޭ އުފެއްދުންތައް ޖުލައި މަހު އޮންނަ "ފިނޭންޝަލް އެކްސްޕޯ 2026" ގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފަރުދުންނަށާއި ޓީމުތަކަށް، މަސައްކަތްތެރިންނަށް، ޑިޒައިނަރުންނަށް އަދި ވިޔަފާރިތަކަށް ވަނީ ހުޅުވާލާފަ އެވެ. ބޭނުންވާ ފަރާތްތަކަށް ދެ ކެޓަގަރީގައިވެ ސް ބައިވެރިވެވޭނެ އެވެ.
މި މުބާރާތުގެ ސުވެނިއަ ޑިޒައިން ބައިގެ އެއްވަނަ އަށް 10,000 ރުފިޔާ އަދި ދެވަނަ އަށް 5,000 ރުފިޔާ އަދި ތިންވަނަ އަށް 3,000 ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން، އެއްވަނައަށްދާ ފަރާތަށް އެމްއެމްއޭގެ ރަސްމީ ސުވެނިއަރ އުފެއްދުމުގެ ފުރުސަތު އެއްބަސްވުމެއްގެ ދަށުން ލިބިގެންދާނެ އެވެ. އަދި އާޓްވޯކް ބައިގެ އެއްވަނައަށް 15,000 ރުފިޔާ، ދެވަނައަށް 10,000 ރުފިޔާ އަދި ތިންވަނައަށް 5,000 ރުފިޔާ ލިބޭނެ އެވެ.
އެމްއެމްއޭއިން ބުނީ މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު ފުރުމަށްފަހު، މިމަހުގެ 14 ވަނަ ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން currency.section@mma.gov.mv އަށް އީމެއިލް ކުރަންޖެހެ އެވެ. މުބާރާތާ ގުޅޭ އިތުރު މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުގައިވާ ގައިޑްބުކުން ލިބެން ހުންނާނެ އެވެ.