ބަންކަރިން ހިދުމަތުން މިހާތަނަށް ލިބުނު އާމްދަނީ ބިލިއަނަކާ ގާތަށް

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސްޓީއޯ އާ ހަވާލާ ދެއްވައި ސައީދު ވިދާޅުވީ، ބަންކަރިން ހިދުމަތުން މިދިޔަ މަހުގެ ނިޔަލަށް 923.46 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މި ސަރުކާރުން ފެށި ބަންކަރިންގެ ހިދުމަތުން، މިހާތަނަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާއާ ގާތްކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯ އިން ބަންކަރިންގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ވިޓޯލްއާ ގުޅިގެން ބަންކަރިންގެ ވިޔަފާރި ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މި މަސައްކަތް ފެށީ އުތުރުން ދަތުރު ކުރާ އުޅަނދު ފަހަރަށް ހިދުމަތް ދޭން އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓްއެއް ގާއިމްކޮށްގެންނެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސްޓީއޯ އާ ހަވާލާ ދެއްވައި ސައީދު ވިދާޅުވީ، ބަންކަރިން ހިދުމަތުން މިދިޔަ މަހުގެ ނިޔަލަށް 923.46 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.

އެ އާމްދަނީ ލިބިފައިވަނީ ރާއްޖެއަށް ކުރިންވެސް އެތެރެކުރާ ތެޔޮ ވިއްކައިގެން ކަމަށް ބުނެ އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ވެސް ސައީދު މިއަދު ރައްދު ދެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ބަންކަރިންގެ ހިދުމަތުން ވިއްކާ ތެލުގެ 85 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ ތެލަކީ ރާއްޖެއަށް މުޅިން އަލަށް ގެނެސްގެން ވިއްކާ ތެލެވެ.

ބަންކަރިން ހިދުމަތް ދެމުންދާ އެ ސަރަޙައްދަކީ ކޮންމެ ދުވަހަކުވެސް 200އަށްވުރެ ގިނަ އާގުބޯޓުފަހަރާއި އެނޫންވެސް އެތައް އުޅަނދުތަކެއް ދަތުރުކުރާ ސަރަޙައްދެކެވެ. އެ ބޯޓުފަހަރުގައި އެތައް ބިލިއަން ޑޮލަރުގެ މުދާ ކޮންޓެއިނަރުތަކުގައި މި ސަރަޙައްދުން އުފުލައެވެ. މި ވިޔަފާރި ފެށުމަށްފަހު އެސްޓީއޯ އިން ބައެއް ބޯޓު ފަހަރަށް ތެޔޮ އެޅުމުގެ ހިދުމަތް ދަނީ ދެމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.