ޑީޖޭއޭގެ ދެ ޑިރެކްޓާ ޖެނެރަލުން ސަސްޕެންޑްކޮށްފި

އެނގިފައިވާ ގޮތުގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައި ވަނީ ޒަކަރިއްޔާ ހުސެއިން އަދި އަހުމަދު އަލީ އެވެ. އެ ދެ ބޭފުޅުން ސަސްޕެންޑް ކުރީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

ސަސްޕެންޑްކުރި ޑީޖޭއޭގެ ދެ ޑިރެކްޓާ ޖެނެރަލުން ކަމަށްވާ ޒަކަރިއްޔާ އަދި އަހުމަދު އަލީ --

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ސަސްޕެންޑްކޮށްފި އެވެ. 

އެނގިފައިވާ ގޮތުގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައި ވަނީ ޒަކަރިއްޔާ ހުސެއިން އަދި އަހުމަދު އަލީ އެވެ. އެ ދެ ބޭފުޅުން ސަސްޕެންޑް ކުރީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

މި ދެބޭފުޅުންގެ ތެރެއިން ޒަކަރިއްޔާއަކީ ޑީޖޭއޭގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ އިސްވެރިޔާ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޕާމަނެންޓް ސެކެޓްރީގެ މަގާމު އަދާކުރެއްވި އަހުމަދު އަލީ ހުންނެވީ އެ އިދާރާގެ ޖުޑިޝަލް އެކަޑަމީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.

ދެ ބޭފުޅުން ސަސްޕެންޑް ކުރި ސަބަބު ސާފެއް ނުވެ އެވެ.

ޑީޖޭއޭގެ އިސް ދެ ބޭފުޅަކު ސަސްޕެންޑް ކޮށްފައިވާއިރު، އެ އިދާރާގެ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ ވަނީ ދާދިފަހުން އިސްތިއުފާ ދެއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.