މި ހާދިސާގައި މަރުވެފައިވަނީ ރޯވި ތެޔޮ ބޯޓުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޑެލޯވާ 40، އެވެ. ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައި ވަނީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ.

މިދިޔަ މަހުގެ ނުވަވަނަ ދުވަހު ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާ މަރުވެއްޖެ އެވެ.
މި ހާދިސާގައި މަރުވެފައިވަނީ ރޯވި ތެޔޮ ބޯޓުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޑެލޯވާ 40، އެވެ. ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައި ވަނީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ.
ފުލުހުން މިއަދު ބުނީ، އޭނާގެ ހަށިގަނޑު މިދިޔަ ހޯމަ ދުވަހު އޭނާގެ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.
މި އަލިފާނުގެ ހާދިސާގައި އެ ބޯޓުގެ އިތުރުން ދެ ދޯންޏަކަށާއި ދެ ޑިންގީއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. އަދި އެ ސަރަހައްދުގައި ހުރި އައިސްޕްލާންޓުގައި އަލިފާން ހިފައި، އެތަން ވެސް ވަނީ އަނދާ ހުލިވެފަ އެވެ.
އޭގެ އިތުރުން، އެސަރަހައްދުގައި ހުރި ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބައިތަކުގައި އަލިފާން ރޯވެފައިވެ އެވެ.