މާލެ ޓެކްސީ؛ މާލެ ތެރޭ 7000 އަށް ވުރެ ގިނަ ދަތުރުކޮށްފި

މާލެ ތެރޭގައި ޓެކްސީ ނުލިބޭ މައްސަލަ ކުރިން ވަރަށް ބޮޑު

މާލެ ޓެކްސީގެ ކާރެއް މާލެ ތެރޭ ދުއްވަނީ--ފޮޓޯ: އެމްޓީސީސީ

މާލެ ޓެކްސީ ހިދުމަތް ދޭން ފެށުމަށް ފަހު މާލެ ތެރޭގައި 7000 އަށް ވުރެ ގިނަ ދަތުރު ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މާލެ ޓެކްސީގެ ހިދުމަތް ފެށި އެއް ސަބަބަކީ މާލެ ތެރޭގައި ދަތުރު ކުރަން ޓެކްސީ ނުލިބޭ މައްސަލާގައި ރައްޔިތުންގެ ޝަކުވާ އަބަދުވެސް އޮންނާތީ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މާލެ ޓެކްސީން ހިދުމަތް ހޯދަން ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ ކޯލް އެމްޓީސީސީ އަށް ލިބޭ ކަމަށާއި އެ ހިދުމަތް ފެށިތާ ކުރީކޮޅު ކަމަށް ވާތީ ހުރިހާ ފޯން ކޯލަކަށް ޖަވާބެއް ނުދެވޭ ކަމަށެވެ.

ނަމަވެސް މިދިޔަ މަހު 13 އިން ފެށިގެން 18 އާ ހަމައަށް 11،128 ދަތުރު ކޮށްފައިވާ ކަމަށާއި މާލެ ތެރޭގައި މިހާތަނަށް 7251 ދަތުރު ކޮށްފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"ހިދުމަތް ބޭނުން ކުރަމުން އަންނަ ވަރު ދުވާލެއްގެ ކޮންމެ ދުވަހަކު ވެސް ދަނީ އިތުރުވަމުން." ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ބމީހަކު ޓޭކްސީ ހޯދަން ގުޅާ ހިސާބުން ފެށިގެން ކާރެއް ލިބުމާ ދޭތެރޭ ނަގަނީ 8 މިނެޓެވެ. އަދި އެވަރޭޖްކޮށް ކޮންމެ ދަތުރަކަށް 12 މިނެޓު ހޭދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހިދުމަތް ދިނުަމށް މިހާރު ހުރި ގިނަ ދަތިތައް އެޕްލިކޭޝަން ފެށުމުން ހައްލުވެގެން ދާނެ ކަމަށާއި އެ މަސައްކަތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ނިމޭނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.