ޒާތީ މައުލޫމާތު ރައްކާތެރި ކުރާ ބިލެއް ހުށަހަޅަން ތައްޔާރުވެއްޖެ

ޑޭޓާ ޕްރޮޓެކްޝަން ނޫނީ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި އެ ބިލު މަޖިލީހަށް ހުށަހެޅޭނެ

ބަންޑާރަ ނައިބު އުޝާމް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ގާނޫނެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، އެ ބިލު ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ، ޑޭޓާ ޕްރޮޓެކްޝަން ނޫނީ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި އެ ބިލު މަޖިލީހަށް ހުށަހެޅޭނެ ކަމަށެވެ.

އެ ބިލުން، އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކޮށް، ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި މައުލޫމާތު އެއްކުރުމާއި ޕްރޮސެސް ކުރުމާއި ބޭނުން ކުރުމުގެ ނިޒާމެއް ގާއިމް ކުރެވިގެންދާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

އަދި ޒާތީ މައުލޫމާތު އެއްކޮށް، ޕްރޮސެސް ކުރާ މީހުންގެ ޒިންމާތައް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓް ކުރާ އުސޫލުތައް އެ ބިލުގައި ބަޔާންކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، 'މޯލްޑިވްސް 2.0' އާ ގުޅޭ ތިން ބިލެއް ވެސް މަޖިލީހަށް ހުށަހަޅަން ދަނީ ތައްޔާރުވަމުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ އުޝާމް ވިދާޅުވި ގޮތުގައި، ސައިބާ ސެކިޔުރިޓީ، ޑިޖިޓަލް އައިޑެންޓިޓީ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަނާ ބެހޭ ބިލުތަކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.