ފުލުހުން ބުނީ މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު ފޭސްބުކް މެސެންޖާ މެދުވެރިކޮށް ވިކްޓިމްއާ މޫސާ މުހައްމަދު ގުޅުން ބަދަހިކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

މެސެންޖާއިން ގުޅުން ބަދަހިކޮށް، މަކަރާ ހީލަތުން މީހެއްގެ އެކައުންޓުން 50،000 ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ، މާލެ، މޫސާ މުހައްމަދު 38، އެވެ.
ފުލުހުން ބުނީ މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު ފޭސްބުކް މެސެންޖާ މެދުވެރިކޮށް ވިކްޓިމްއާ މޫސާ މުހައްމަދު ގުޅުން ބަދަހިކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ވައިބާ މެދުވެރިކޮށް އޭނާ ފޮނުވި ލިންކަކަށް ފިތައިލުމުން ފޯނު ރީސެޓުވެ، އެ މީހާގެ ބެންކު އެކައުންޓުގައި ހުރި 50,000 ރުފިޔާ ވަނީ ކެނޑިފައިވާ ކަމަށެވެ.
އެ ފައިސާ ޖަމާވެފައި ވަނީ މޫސާ މުހައްމަދުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
"މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ނުފިތުމަށް ތަކުރާރުކޮށް އިލްތިމާސްކުރަން،" ފުލުހުން ބުންޏެވެ.