އެމްޑީޕީއަކީ ބޮން ނާޅާ ވެރިކަން ބަދަލުކުރާ ޕާޓީ: ނަޝީދު

"ރާއްޖެއަކީ މިސާލެއް. އެކަން ވަރަށް ފުރިހަމަ އަށް ކުރި ބައެއްގެ ގޮތުގައި. އަޅުގަނޑާ ދިމާވާ ތަންތަނުގެ މީހުން ބުނޭ ގޮސް ތި ވާހަކަ ދައްކަ ބަލާށޭ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވާހަކަ ދައްކަވަނީ. --ފޮޓޯ: އެމްޑީޕީ

އެމްޑީޕީއަކީ ހުދުމުހުތާރު ވެރިކަންތައް ބޮން ނާޅާ ވެއްޓުމުގެ ތަޖުރިބާ ހުރި ޕާޓީއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ ޕާޓީން މާލޭގައި ރޭ ބޭއްވި "ބޮޑު ބަދަލު" ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ބޮޑެތި ގައުމުތަކުން ހުދުމުހުތާރު ވެރިކަންތައް ވައްޓާލަން ބޮން އަޅަމުން އަންނަ ކަމަށާއި ނަމަވެސް އެކަން ކުރަން އެތައް މިލިއަން ޑޮލަރެއް ހޭދަވާ ކަމަށެވެ.

އެމްޑީޕީން 2008 ވަނަ އަހަރު ރާއްޖޭގައި އޮތް ވެރިކަން ބަދަލު ކުރީ ބޮން ނާޅާ ކަމަށާއި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގައިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަށް ލައްކައެއްހާ ޑޮލަރު ވެސް ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަކީ މިސާލެއް. އެކަން ވަރަށް ފުރިހަމަ އަށް ކުރި ބައެއްގެ ގޮތުގައި. އަޅުގަނޑާ ދިމާވާ ތަންތަނުގެ މީހުން ބުނޭ ގޮސް ތި ވާހަކަ ދައްކަ ބަލާށޭ." ނަޝީދު ވިދާޅުވި އެވެ.

ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވައިގެން ހުންނެވި ނަޝީދު ވިދާޅުވި ގޮތުގައި 2028 ވަނަ އަހަރު އެމްޑީޕީން އަލުން އެ ބަދަލު ގެންނަން ޖެހެ އެވެ. އަދި އަލުން ސަރުކާރާ ހަވާލު ވުމުގެ އިތުރުން މުޅި ދުނިޔެ އަށް ވިދާލާ ޕާޓީއަކަށް އެމްޑީޕީ ހަދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރޭގެ ބޭއްވި ހަރުގެ ޖަލްސާ އަށް ފަހު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ "ބޮޑު ބަދަލު" ފަޅިއަށް ތާއީދު ކުރައްވާ ފަރާތްތަކާއެކު މަޖީދީ މަގުގައި ހިނގާލުމެއް ބާއްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.