މި މަޝްރޫއުގެ އިސްވެރިޔާ އާމިނާ މުހައްމަދީ މުގައްދަމް ވިދާޅުވި ގޮތުގައި މި ޑިވައިސް މިހާރު ވެސް އީރާނުގެ ސައިންޓިފިކް އަދި މެޑިކަލް ސެންޓަރުތަކުގައި ދިރާސާ ކުރުމަށާއި ފަރުވާ ދިނުމަށް ދަނީ ބޭނުންކުރަމުންނެވެ.

އީރާނުގެ ބަޔޯމެޑިކަލް ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރާ ކުންފުންޏަކުން، ކެންސަރަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެންމެ ޒަމާނީ "އިލެކްޓްރޯޕޮރޭޝަން" އަދި "އިލެކްޓްރޯކީމޯތެރަޕީ" ޑިވައިސްއެއް ކާމިޔާބުކަމާއެކު އުފައްދައިފި އެވެ.
އީރާނާއި ދުނިޔޭގެ ބައެއް ނޫސްތައް އަދި ސިއްހީ މެގަޒިންތަކުގައިވާ ގޮތުން މި ޑިވައިސްއަކީ ކެންސަރު ބަލިޖެހިފައިވާ ސެލްތަކަށް އަމާޒުކޮށްގެން، ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަވާނެހެން ފަރުވާ ދިނުމަށް ފަރުމާކޮށްފައިވާ އާލާތެކެވެ.
އީރާނުގެ ރިސާޗަރުންނާއި އިންޖިނިއަރުންގެ ތަޖުރިބާގެ އަލީގައި ތައްޔާރުކުރި މި ސިސްޓަމަކީ އިންސާނުންނާއި ޖަނަވާރުންގެ ބަލިތަކަށް ފަރުވާކުރުމުގައި ވެސް ބޭނުންކުރެވޭނެ އެއްޗެކެވެ. މިއާއެކު، ދުނިޔޭގައި މިފަދަ އެޑްވާންސް ޓެކްނޮލޮޖީ އުފައްދާ މަދު ގައުމުތަކުގެ ލިސްޓަށް މިހާރު އީރާން ވަނީ އަރާފަ އެވެ.
މި މަޝްރޫއުގެ އިސްވެރިޔާ އާމިނާ މުހައްމަދީ މުގައްދަމް ވިދާޅުވި ގޮތުގައި މި ޑިވައިސް މިހާރު ވެސް އީރާނުގެ ސައިންޓިފިކް އަދި މެޑިކަލް ސެންޓަރުތަކުގައި ދިރާސާ ކުރުމަށާއި ފަރުވާ ދިނުމަށް ދަނީ ބޭނުންކުރަމުންނެވެ.
ޔޫރަޕާއި އެމެރިކާ އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކުގައި މި ޓެކްނޮލޮޖީ އުފެއްދި ނަމަވެސް، އީރާނުން އަމިއްލައަށް މި އުފެއްދުމުގެ ސަބަބުން އެ ގައުމުގެ ކްލިނިކަލް ބޭނުންތަކަށް ފަސޭހައިން ބޭނުންކުރެވޭނެ މަގު ވަނީ ފަހިވެފައެވެ. މިއީ މުޅި ދުނިޔޭގެ މެޑިކަލް ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.