ޑޮލަރު އެކައުންޓުން ކާޑު ބޭނުންކޮށްގެން އޮންލައިން ވިޔަފާރި ކުރަން ލިމިޓެއް ނެތް

ބީއެމްއެލްގެ ސްޕޯސް ޕާސަން މުހައްމަދު ސައީދު ވިދާޅުވީ ބޭންކުން ހަމައެކަނި އަޅާފައިވާ ފިޔަވަޅަކީ އެފަދަ ސައިޓްތަކުގައި ރުފިޔާ ކާޑުން ކުރާ މުއާމަލާތަށް އެ ބޭންކުން ޑޮލަރު ވިއްކާ އަދަދު ވަކި ލިމިޓަކަށް ހަމަޖެއްސުމެވެ.

ބީއެމްއެލްގެ މައި ބްރާންޗް--ފޮޓޯ: ބީއެމްއެލް

މަޝްހޫރު ސައިޓްތައް ކަމަށްވާ  ޓީމޫ، ޝީއިން ފަދަ ރީޓެއިލް ވިޔަފާރި ސައިޓްތަކުން ޑޮލަރު އެކައުންޓުން ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރަން ލިމިޓެއް ނެތް ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.

ޓޫރިޒަމް ދަށްވެ، ބޭންކްއަށް ލިބޭ ޑޮލަރުގެ ނިސްބަތް މަދުވެފައިވާތީ ބޭރު ފައިސާ އެންމެންނަށް ހަމަހަމަ އުސޫލެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖައްސަން ބީއެމްއެލްއިން އެޅި ފިޔަވަޅުތަކާ ބެހޭ ގޮތުން ބީއެމްއެލްގެ ސްޕޯކްސް ޕާސަން މުހައްމަދު ސައީދު އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި، ޓީމޫ، ޝީއިން ފަދަ ރީޓެއިލް ވިޔަފާރި ސައިޓްތަކުން ޑޮލަރު އެކައުންޓުން ކާޑު ބޭނުންކޮށްގެން ކަސްޓަމަރަކު ބޭނުންވާ އަދަދަކަށް ވިޔަފާރިކުރެވޭނެ އެވެ. އަދި މިކަމަށް ބެންކުން ލިމިޓެއް ކަނޑައަޅާފައިނުވާ ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ ބޭންކުން ހަމައެކަނި އަޅާފައިވާ ފިޔަވަޅަކީ އެފަދަ ސައިޓްތަކުގައި ރުފިޔާ ކާޑުން ކުރާ މުއާމަލާތަށް އެ ބޭންކުން ޑޮލަރު ވިއްކާ އަދަދު ވަކި ލިމިޓަކަށް ހަމަޖެއްސުން ކަމަށެވެ.

ބީއެމްއެލްއިން ވަނީ އީކޮމާސްގެ ގޮތުގައި ބޭރުން ތަކެތި ގަންނަ ފަރާތްތަކުން ކޮންމެ މަހަކު ހެދޭނެ ޓްރާންސެކްޝަންގެ އަދަދު 30 އަށް ލިމިޓް ކޮށްފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކާޑު ނެޓްވޯކް އޮންނަ އަދި އެންމެ ގިނަ ކަސްޓަރުން ހިމެނޭ ބީއެމްއެލް އިން މި ލިމިޓު ގެންނަން ނިންމުމާ ބެހޭ ގޮތުން ބޭންކުގެ ސީއީއޯ / އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވީ މި ފިޔަވަޅު އަޅަން ޖެހުނީ ހަނގުރާމައިގެ ސަބަބުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން މަަދުވެ، އަންނަ ބަދަލުތަކާ ގުޅިގެން ބޭންކް އަށް ލިބޭ ބޭރު ފައިސާ ވީހާ ވެސް ހަމަހަމަކޮށް ހުރިހާ ފަރާތްތަކަށް ފޯރުކޮށް ދިނުމަށް ކަމަށެވެ.

ބީއެމްއެލް އޮފިޝަލް ސްޕޯކްސް ޕާސަން މުހައްމަދު ސައީދު -- މިހާރު ނޫހުގެ ފޮޓޯއެއް

"އީކޮމާސްގައި 30 ޓްރާންސެކްޝަނަށްވުރެ ގިނައިން ބޭނުން ކުރަނީ ތިން ޕަސެންޓަށްވުރެ ވެސް މަދު ބައެއް. އެހެންވެ އީކޮމާސްއަށް ކަނޑައަޅާ ބަޖެޓު ވީހާވެސް ހަމަހަމަކޮށް ބޭނުން ކުރެވޭނެ ގޮތް ހަދަން ގެނައި ބަދަލެއް މީ. މި ތިން ޕަސެންޓް މީހުން އެއަށްވުރެ ގިނައިން ބޭނުން ކުރޭ. އެހެންވެ އަޅުގަނޑުމެން ބެލިބެލުމުން 30 ޓްރާންސެކްޝަނަށް ލިމިޓް ކުރުމުން ދައްޗެއް ނުވާނެ،" ޝަރީފު ވިދާޅުވި އެވެ.

މީގެ އިތުރުން މީހުން އަތަށް ކޭޝް ކާޑު ގެންގޮސް ވިޔަފާރި ނުކުރެވޭ ގޮތަށް ބީއެމްއެލްއިން ވަނީ އިމިގްރޭޝަންއާ ގުޅިގެން ބަދަލުކޮށްފަ އެވެ.

ބޭންކްއިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން ލިބޭ ޑޮލަރުގެ ނިސްބަތް ދަނީ މަދުވަމުންނެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު ރާއްޖޭން ބޭރުން ބީއެމްއެލްއަށް 1.26 ބިލިއަން ޑޮލަރު ލިބުނުއިރު، މި އަހަރު އެޕްރީލްގެ ނިޔަލަށް 1.58 ބިލިއަން ޑޮލަރު އައިސްފައިވެ އެވެ. 

މި މުއްދަތުގައި މިދިޔަ އަހަރު ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ މިންވަރު ހުރީ 1.05 ބިލިއަން ޑޮލަރުގަ އެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 1.45 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މި އަހަރުގެ ހަތަރު މަސް ދުވަހުގެ ތެރޭގައި އިތުރަށް 100 މިލިއަން ޑޮލަރު ވަނީ ބޭރުފަ އެވެ. އެޕްރީލް މަހު ރާއްޖޭން ބޭރުން އައި ފައިސާގެ ނިސްބަތް އުޅެނީ 36 މިލިއަން ޑޮލަރުގަ އެވެ. ނަމަވެސް ބޭރުވި ފައިސާގެ މިންވަރު ހުރީ 410 މިލިއަން ޑޮލަރުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.