ރާއްޖޭގެ ތަރައްގީއަށް ލަންކާގެ ބައިވެރިވުން މުހިންމު: ރައީސް

ލަންކާއިން ރާއްޖޭގެ ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި ހިދުމަތްދިނުމުގެ ސިނާއަތްތަކުގައި އަދާކުރާ ދައުރު ފާހަގަކުރައްވައި، އެ ގައުމަކީ، ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު ބައިވެރިއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މޯލްޑިވްސް- ސްރީލަންކާ ބިޒްނަސް ފޯރަމް --

އަވަށްޓެރި ސްރީލަންކާއަކީ ރާއްޖޭގެ ތަރައްގީއަށް ހުރިހާ ގޮތަކުންވެސް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި އިގުތިސޯދީ ގުޅުމަކަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި މިއަދު ބޭއްވި މޯލްޑިވްސް- ސްރީލަންކާ ބިޒްނަސް ފޯރަމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ 2040 ގެ ތަސައްވުރަކީ އާރުކާޓީއެއްކަމުގައި ބަލައިގެން، ރާއްޖެ މި ވަގުތު އޮތީ، ތަރައްގީގެ ދަތުރުގެ މުހިންމު ފައްތަރެއްގައި ކަމަށެވެ. އަދި ފުރިހަމައަށް ތަރައްގީވެފައިވާ، ޝާމިލު އަދި ދެމެހެއްޓެނިވި ގައުމެއް ބިނާކުރެއްވުމުގެ އަޒުމުގައި ދެމިހުންނެވި ކަމަށްވެސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްގީއަށް އަވަށްޓެރި ގައުމުތަކުން ކޮށްދޭ މަސައްކަތްތައްވެސް ފާހަގަކުރެއްވި އެވެ. އެގޮތުން ލަންކާއިން ރާއްޖޭގެ ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި ހިދުމަތްދިނުމުގެ ސިނާއަތްތަކުގައި އަދާކުރާ ދައުރު ފާހަގަކުރައްވައި، އެ ގައުމަކީ، ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު ބައިވެރިއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި އުމްރާނީ ތަރައްގީ އާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މޮޑެލްތަކާއި، ސުމޭކު އީޖާދާއި، ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމުކުރުމުގައި ގުޅިގެން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު ވަނީ ލަންކާއަށް ދަޢުވަތުދެއްވާފަ އެވެ.

މީގެ އިތުރުން، ދެމެހެއްޓެނިވި އިގުތިސޯދީ ގުޅުމަކަށް، ދެ ގައުމުން ވުނަކުރަމުންދިއުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ސަރަހައްދީ ފެންވަރުގައި އީޖާދުކުރުން ކުރިއަރުވައި، ވިލުންތެރިކަން ބަލައިގަނެ، އިސްނެގުން އިތުރުކުރުމަކީވެސް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސްގެ ވާހަކަފުޅުގައި، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނަށް ގެނައި އިސްލާހުތައް ފަރުމާކުރެވިފައި ހުރީ، ރާއްޖެ، ތަރައްގީގެ ދެންއޮތް ފިޔަވައްސަށް ގެންގޮސްދޭނޭ ފަދަ، ބަދަލުގެނުވަނިވި ފިޔަވަޅުތަކެއްގެ ގޮތުގައިކަމަށް ވިދާޅުވި އެވެ. އެގޮތުން ރާއްޖެއަކީ އިންޑިއާ ކަނޑުގައި ކުރިއަރަމުން އަންނަ ޑިޖިޓަލް ހަބެއްގެ ގޮތުގައި ދެކި، ވުނޭރުންގެ މެދުގައި ރާއްޖޭގައި ވުނަކުރުމުގެ އިތުބާރު އިތުރުވަމުންދާ ކަން ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.