ރާއްޖޭގައި ހުރި ބޭހުގެ ލައިވް ސްޓޮކް ޑޮކްޓަރުންނަކަށް ނުފެނޭ!

ކޮމެޓީގައި ސްޓޭޓް ފާމާ ކުންފުނިން ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން އެ ކުންފުނިން ހަވާލުގެ މިފަދަ މައްސަލަތަކަށް ހައްލު ހޯދާނެ އެވެ.

ބޭސް ފިހާރަތަކެއް ކައިރީން މީހަކު ހިނގާފައި ދަނީ -- މިހާރުގެ ފޮޓޯއެއް

ރާއްޖޭގައި ހުރި ބޭހުގެ ސްޓޮކް ޑޮކްޓަރުންނަށް ނުފެންނަކަން ހާމަ ވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު އޮތް ކޮމެޓީގެ ބައްދަލުވުމުގައި ވަނީ އެސްޓީއޯ އާއި ސަރުކާރުން އަލަށް އުފެއްދި ސްޓޭޓް ފާމާ އަދި އާސަންދަ ކުންފުނިން މައުލޫމާތު ދީފަ އެވެ.

މި ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސްޓީއޯ ހެލްތް ކެއާގެ ވެރިޔާ އަހުމަދު ނައުޝާދު ވިދާޅުވީ މި ވަގުތު ސިސްޓަމް އޮތް ގޮތުން ހަމައެކަނި ބޭހުގެ ސްޓޮކް ފެންނަނީ އެސްޓީއޯއަށެވެ. ނަމަވެސް ޑޮކްޓަރުންނަށް ރާއްޖޭގައި ހުރި ލައިވް ސްޓޮކެއް ނޭނގެ އެވެ.

މި ކޮމެޓީގައި އާސަންދައިން ވާހަކަ ދެއްކެވި އޮފިޝަލްވެސް ވަނީ ބޭހުގެ ލައިވް ސްޓޮކް ނުފެންނަ ކަމަށް ބުނެފަ އެވެ. އަދި މިއީ ހައްލު ކުރަން ޖެހޭކަމެއް ކަމަށް ބުނެފައިވެ އެވެ.

ރާއްޖެއަށް ބޭނުންވާ ބޭހާއި ފާމަ ސޫޓިކަލް އެތެރެ ކުރަން އުފެއްދި ކުންފުނި ކަމަށްވާ ސްޓޭޓް ފާމާ ކުންފުނިން ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭހުގެ ހުރިހާކަމަކާ އެ ކުންފުނިން ހަވާލުވެ މިގޮތަށް ހުރި ހުރިހާ މައްސަލަތަކެއް ހައްލު ކުރާނެ އެވެ. އުފައްދާ ނިޒާމުން ޑޮކްޓަރުންނަށް ވެސް ލައިވް ސްޓޮކް ފެނުމުގެ އިތުރުން އާއްމުނަށްވެސް ސްޓޮކް ފެންނާނެ އިންތިޒާމު ހަމަޖައްސާނެ އެެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.