އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 އާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މިމަހުގެ މިހާތަނަށް ޑެންގީ ހުމުގެ 116 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 އާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެގޮތުން މާލެ ސަރަހައްދަށްވުރެ އަތޮޅުތެރެއިން ރިޕޯޓު ކުރާ މިންވަރު އިތުރެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު ޑެންގީ ކޭސްތައް ރިޕޯޓު ކުރި މިންވަރު އުޅުނީ މަހަކު ގާތްގަނޑަކަށް 76 އާއި 173 އާ ދޭތެރޭ އެވެ. ނަމަވެސް މިއަހަރު؛
ފާއިތުވި ދެ ހަފްތާއަށް ބަލާއިރު އެންމެ ގިނައިން ޑެންގީ ރިޕޯޓު ކޮށްފައި ވަނީ ހދ. އަތޮޅުންނާއި ގދ އަތޮޅުންނެވެ. އެގޮތުން ހދ. އަތޮޅުން 83 ކޭސް އަދި ގދ. އަތޮޅުން 35 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ.
އެޗްޕީއޭ އިން ވަނީ ފާއިތުވި ދެ ހަފްތާތެރޭގައި އެންމެ ގިނައިން ޑެންގީގެ ކޭސް ރިޕޯޓުކޮށްފައިވާ 10 ރަށުގެ ތަފާސްހިސާބު ވެސް އާންމުކޮށްފަ އެވެ.
ޑެންގީ ހުން ފެތުރުން ހުއްޓުމުގެ ގޮތުން މަދިރި އާލާވާ ތަންތަން ނައްތާލައި، މަދިރި ހެފުމުން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.