އެސްޓީއޯއިން މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 85ރ، ބަހަން ނިންމާފަ އެވެ. މި ފައިދާއަކީ މިދިޔަ 10 އަހަރު ތެރޭގައި ވެސް ބަހާ އެންމެ ރަނގަޅު ފައިދާ އެވެ. އެންމެފަހުން 2023 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި 80ރ. ބަހާފައިވެ އެވެ.

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 16 ވަނަ ދުވަހު ބާއްވާއިރު، މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބަހަން ހުށަހަޅާފައިވަނީ ބޮޑު ފައިދާއެކެވެ.
ސަރުކާރުގެ މައި ކުންފުނި އެސްޓީއޯއިން ވަނީ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 16 ވަނަ ދުވަހު ޑިސްޓް، ޑީޓޫ ފޭދޫ މޯލްޑިވްސްގައި ބާއްވަން ނިންމާފަ އެވެ. އަދި ހިއްސާދާރުންނަށް ރަޖިސްޓްރީ ވާން ފުރުސަތު ވެސް ހުޅުވާލާފަ އެވެ. މި އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ މަހުގެ 27 ވަނަ ދުވަހާ ހަމައަށް އެ ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ތިބި ފަރާތްތަކަށެވެ.
އެސްޓީއޯއިން ވަނީ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 85ރ، ބަހަން ނިންމާފަ އެވެ. މި ފައިދާއަކީ މިދިޔަ 10 އަހަރު ތެރޭގައި ވެސް ބަހާ އެންމެ ރަނގަޅު ފައިދާ އެވެ. އެންމެފަހުން 2023 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި 80ރ. ބަހާފައިވެ އެވެ.
އެސްޓީއޯ އިން މިދިޔަ އަހަރު އާއްމުކުރި އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ޖުމްލަ އާމްދަނީގެ ގޮތުގައި މދިޔަ އަހަރު ވަނީ 16.68 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާ ބަލައި އިރު 0.5 އިންސައްތައިގެ ދަށްވުމެކެވެ. އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއި ޝިޕިން ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ. ތެލުގެ އާމްދަނީ ދަށްވި ނަމަވެސް ތެޔޮ ވިކުނު އަދަދު ވަނީ 8 އިންސައްތައިން އިތުރުވެފައެވެ. އަދި ހަމަމިއާއިއެކު، އިންޝޫރަންސް، ގޭސް އަދި ޓްރޭޑިން ވިޔަފާރި ވަނީ ރަނގަޅުވެފަ އެވެ.
އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ހިންގުމުގެ ހަރަދު ނިސްބަތުން ދަށްވި ނަމަވެސް، ޖުމްލަ އާމްދަނީ ދަށްވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ އެސްޓީއޯ ގްރޫޕަށް ވަނީ 1.18 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެހެންނަމަވެސް ފައިނޭންސް ކުރުމުގެ ހަރަދު 16 އިންސައްތައިން ދަށްވުމާއިއެކު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ވަނީ 962 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާ ބަލައި އިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ވަނީ 785 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާ ބަލައި އިރު 2 އިންސައްތައިގެ ކުރިއެރުމެކެވެ.