މިލަންދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކާ ނިމިއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިލަންދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކައި ނިންމާލާފައި ވަނީ 31 ދުވަހުގެ ތެރޭގައި ކަމަށެވެ.

މިލަންދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކައި ނިންމާފައި --

ށ. މިލަންދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިލަންދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކައި ނިންމާލާފައި ވަނީ 31 ދުވަހުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އޭޕްރީލް ތިންވަނަ ދުވަހު ކަމަށެވެ. އަދި އިއްޔެ އެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.

އެއާޕޯޓު އެޅުމަށް 21 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި، އެ މަޝްރޫއުގެ ތެރެއިން މިލަންދޫން ގަސް ނެގީ 4.9 ހެކްޓަރުގެ ސަރަހައްދަކުން ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ. 

އެ ބިން ހިއްކާފައި ވަނީ ކްއީން އޮފް ދަ ނެދަލެންޑްސް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ.

މިލަންދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު ރައީސް އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިއީ ށ. އަތޮޅުގައި އަޅާ ހަތަރުވަނަ އެއާޕޯޓެވެ. އެ ރަށުން ލޯންޗެެއްގައި 15 މިނެޓުން ދެވޭ ފުނަދޫގައި ވެސް އެއާޕޯޓެއް އޮވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.