ހަނގުރާމައިގެ އަސަރު ޓޫރިޒަމަށް | މިދިޔަ މަހު ބައި ލައްކަ ޓޫރިސްޓުން މަދު

މިދިޔަ މަހު ޖުމްލަ ޓޫރިސްޓުންގެ އަދަދު ހީނަރުވެގެން ދިޔައިރު ދުވާހަކު އަންނަ ޓޫރިސްޓުންގެ އަދަދުން 1,680 މީހުން ވަނީ މަދުވެފައެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު 6,594 ޓޫރިސްޓުން އައިނަމަވެސް މި އަހަރު މި އަދަދު ހުރީ 4,914 ގަ އެވެ.

ނުފުރިފައި ތިބި ޓޫރިސްޓުންތަކެއް ވީއައިއޭގައި -- ދައުރު ފޮޓޯ

ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް ކުރާ އަސަރު ބޮޑުވެފައިވާއިރު މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދުން ގާތްގަނޑަކަށް ބައި ލައްކަ ޓޫރިސްޓުން މަދުވެފައިވާ ކަމަަށް ދައްކައިިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހުގެ 29 ގެ ނިޔަލަށް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އެޕްރީލް މަހު އައިސްފައިވަނީ 142,518 ޓޫރިސްޓުންނެވެ. މި އަދަދަކީ ކުރީ އަހަރު އައިސްފައިވާ 191,240 ޓޫރިސްޓުންނާ އަޅާބަލާއިރު 48,722 ޓޫރިސްޓުން މަދުވުމެވެ. އަދި މިއީ ޕަސެންޓޭޖުން ބަލާބަމަ %25.5 ގެ ބޮޑު ހީނަރުވުމެކެވެ. 

މިދިޔަ މަހު ޖުމްލަ ޓޫރިސްޓުންގެ އަދަދު ހީނަރުވެގެން ދިޔައިރު ދުވާހަކު އަންނަ ޓޫރިސްޓުންގެ އަދަދުން 1,680 މީހުން ވަނީ މަދުވެފައެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު 6,594 ޓޫރިސްޓުން އައިނަމަވެސް މި އަހަރު މި އަދަދު ހުރީ 4,914 ގަ އެވެ. 

ތަފާސް ހިސާބުތަކުން ފެންނަ ގޮތުން މި އަހަރުގެ ފުރަތަމަ ދެ މަހު (ޖެނުއަރީ އަދި ފެބުރުއަރީ) ޓޫރިޒަމް އޮތީ ވަރަށް އުންމީދީ ފެންވަރެއްގަ އެވެ. ނަމަވެސް، މާރިޗު މަހާއި އޭޕްރީލް މަހު ޓޫރިސްޓުން އައި އަދަދު ވަނީ ފާއިތުވި 2025 ވަނަ އަހަރާ އަޅާބަލާއިރު %20 އަށްވުރެ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. މި އަހަރުގެ މިހާތަނަށް 791,093 ޓޫރިސްޓުން އައިސްފައިވާއިރު މިދިޔަ އަހަރު އައި އަދަދު ހުރީ 831,800 ގަ އެވެ. އެހެންކަމުން މިއީ މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ޖުމްލަކޮށް %4.9 ގެ ދަށްވުމެކެވެ.

ސަރުކާރުން ވަނީ މިދިޔަ އަހަރު 2.2 މިލިއަން ޓޫރިސްޓުން އައިސްފައިވާތީ މި އަހަރު 2.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން އަންދާޒާކޮށްފަ އެވެ. ނަމަވެސް އަހަރު މި އަދަދު ހަމަވުމަށް އީރާން- އެމެރިކާ ހަނގުރާމައިގެ ސަބަބުން މިވަނީ ހުރަސްތައް އެޅިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.