ރާއްޖެ ލަންކާ؛ ޑިފެންސާއި ޓޫރިޒަމް ހިމެނޭހެން 7 އެއްބަސްވުމެއް

އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ އާއި ޑިފެންސް އަދި ތައުލީމީ ދާއިރާ ވެސް ހިމެނެ އެވެ.

ރާއްޖެ އާއި ލަންކާ އިން އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި ސްރީ ލަންކާ ދެމެދު ގުޅުން ބަދަހި ކުރުމަށް ހަތް އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއި ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ލަންކާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. 

ލަންކާގެ ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހަތް ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް ދެ ގައުމުން އެއްބަސްވުމުގައި ސޮއި ކުރި އެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ އާއި ޑިފެންސް އަދި ތައުލީމީ ދާއިރާ ވެސް ހިމެނެ އެވެ.

އެއްބަސްވުންތައް

  •  ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް
  •  އަރުޝީޕު ކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް
  •  ޓީޗަރުންނާއި ސްކޫލުތަކުގެ ލީޑާޝިޕް ތަމްރީނުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް
  •  ކުޅިވަރާއި ޒުވާނުންނުން ތަރައްގީކުރުމަށް ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް
  •  މަތީ ތައުލީމާއި ވޮކޭޝަނަލް ތައުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް
  •  ޑިފެންސް އެޑިއުކޭޝަނާއި ތަމްރީން އަދި ރިސާޗު ކޯޕަރޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް
  •  އެކަޑަމިކް ކޯޕަޜޭޝަންގެ ދާއިރާއިން ގުޅުންބަދަހިކުރުމުގެ އެއްބަސްވުމެއް

މި އެއްބަސްވުންތަކުގެ އިތުރު ތަފްސީލްތަކެއް އަދި ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ތަރުޖަމާނު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެ އަށް ފައިދާތަކެއް ކުރާނެ އެވެ.

ރައީސް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި ލަންކާ ގުޅިގެން ބިޒްނަސް ފޯރަމެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.