މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑް ތައާރަފްކުރަނީ

އެމްއެމްއޭއިން ބުނި ގޮތުގައި މި އެވޯޑަކީ މާލީ އިދާރާތަކުން ހޯދަމުންދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމަށް ދެވޭ އެވޯޑެކެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ

މާލީ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑުގެ ނަމުގައި އެވޯޑެއް ތައާރަފްކުރުމަށް ނިންމައިފިއެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މި އެވޯޑަކީ މާލީ އިދާރާތަކުން ހޯދަމުންދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމަށް ދެވޭ އެވޯޑެކެވެ.

މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސްގައި ޖުމްލަ 7 އެވޯޑު ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ މާލީ ނިޒާމު ހަރުދަނާކުރުމަށް އެމްއެމްއޭއިން ހާއްސަ އަހުމިއްޔަތުކަންދޭ ދާއިރާތައް ކަމަށްވާ މާލީ ބައިވެރިވުން އިތުރުކުރުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ޑިޖިޓަލް ފައިނޭންސް ފުޅާކުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ މާލީ ޚިދުމަތްތައް އިތުރުކުރުމާއި އަދި ގްރީން ފައިނޭންސް ކުރިއެރުވުމާ ގުޅޭ ދާއިރާތަކުންނެވެ.

އެމްއެމްއިން ބުނީ އެ އޮތޯރިޓީގެ އަމާޒަކީ މި އެވޯޑުގެ ސަބަބުން މާލީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، ހުރިހާ ދާއިރާއެއް ޝާމިލުވާ ފަދަ މާލީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ. އަދި މިއީ ދާއިރާގެ ވާދަވެރިކަން އިތުރުވެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅޭނެ ކަމެއް ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

މި އެވޯޑްތަކަށް ޝަރުތުހަމަވާ މާލީ އިދާރާތަކަށް އެވޯޑްތަކަށް ކުރިމަތިލުމަށް މިހާރު ހުޅުވާލެވިފައިވާއިރު، އެވޯޑް ލިބޭ ފަރާތްތައް އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ އެކަމަށްޓަކާ ޚާއްސަކޮށްގެން ޖުލައި މަހުގެ އެއް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތެއްގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.