އެންސްޕާގެ ސީއީއޯގެ މަގާމަށް އައްޔަނު ކުރި ޝިރުނާ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް، އާމިނަތު ޝިރުނާ މިއަދު އައްޔަނު ކުރައްވައިފި އެވެ.
އެންސްޕާގެ ސީއީއޯގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހީނާ ވަލީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރުމުންނެވެ.
އެންސްޕާގެ ސީއީއޯގެ މަގާމަށް އައްޔަނު ކުރި ޝިރުނާ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.
އޭނާއަކީ ސިއްހީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ނަރުހެއްގެ ވަޒީފާ އަދާކުރައްވާފަ އެވެ.