ވިދާ ގުގުރުމުން ލިބޭ ގެއްލުމުން ސަލާމަތްވާން ދުރާލާ ފިޔަވަޅު އަޅަން އެދިއްޖެ

މޫސުން ގޯސް ދުވަސްވަރަކަށްވާތީ. އެންޑީއެމްއޭ އިން މިއަދު ވަނީ މޫސުމަށް ރައްކާތެރިވުމުގެ ގޮތުން އަމިއްލައަށް އެޅިދާނެ ފިޔަވަޅުތައް ކިޔައިދީފަ އެވެ.

ވިއްސާރަ ދުވަހެއް -- މިރާ

މޫސުމާ ބެހޭ ގައުމީ އިދާރާއިން އެލާޓް ނެރެފައިވާތީ، ވިދާ ގުގުރުމުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން އެދިއްޖެ އެވެ.

މޫސުން ގޯސް ދުވަސްވަރަކަށްވާތީ. އެންޑީއެމްއޭ އިން މިއަދު ވަނީ މޫސުމަށް ރައްކާތެރިވުމުގެ ގޮތުން އަމިއްލައަށް އެޅިދާނެ ފިޔަވަޅުތައް ކިޔައިދީފަ އެވެ.

އެގޮތުން؛

  •  ހާމަ ތަންތަނާއި ޓެރެސްފަދަ އުސް ތަންތަނުން ދުރުހެލިވުން
  •  އިމާރާތް ތެރޭގައި ތިބުން
  •  ބޭރުގައިނަމަ ވިއްސާރައިން ހިޔާވުމަށް އުސް ތަންތަން ކައިރީ އަދި ގަސް ދަށުގައި ނުތިބުން
  •  އިލެކްޓްރޯނިކް ތަކެތި ކަރަންޓުން ނައްޓާލުމާއި އެތަކެތި ބޭނުންކުރުމުން ދުރުހެލިވުން
  •  ފެންބޮޑުވެފައިވާ ސަރަހައްދުތަކާއި ތެމިފައިވާ ތަކެއްޗާއި،ދަގަނޑު ތަކެތިން ދުރުހެލިވުން

މެޓް އޮފީހުން މިހާރުވެސް ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެގޮތުން ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް، ޅ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވަނީ އެލާޓް ނެރެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.