ބޭރުގެ ހިލޭ އެހީގައި ވަކި އުސޫލުތަކެއް ހުރޭ | މާލޭގެ މަގު ހެދުން ލަސްކުރާކަށް ނޫޅެ

"އެއްވެސް ހާލެއްގައި ޗައިނާ ސަރުކާރުން ވެސް އަދި ދިވެހި ސަރުކާރުން ވެސް މި މަޝްރޫއު ލަސްކުރުމަށް ޓަކައި ނޫނީ ކުރިއަށް ނުގެންދިއުމަށް ޓަކައި، ހުރިހާ މަސައްކަތެއް ކުރަމުންދަނީ ވެސް އަވަސްކުރުމަށް ޓަކައި،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މުއްތަލިބު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ބޭރުގެ ހިލޭ އެހީގެ ދަށުން މަޝްރޫއުތައް ހިންގާއިރު، އެ ގައުމަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް ތަބާވާންޖެހޭކަން ފާހަގަކުރައްވައި، ޗައިނާގެ ހިލޭ އެހީގެ ދަށުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާ މަޝްރޫއު ގަސްދުގައި ލަސްކުރާކަމުގެ ތުހުމަތު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ދޮގުކުރައްވައިފި އެވެ. 

އެ މަޝްރޫއުއާ ގުޅޭ އަޕްޑޭޓެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ، ބޭރުގެ ހިލޭ އެހީގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ އެހީ ދޭ ގައުމުތަކުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، މަގު ހެދުމުގެ މަޝްރޫއު ވެސް ކުރިއަށްދާނީ އެ އުސޫލުން ކަމަށެވެ. 

"އެއްވެސް ހާލެއްގައި ޗައިނާ ސަރުކާރުން ވެސް އަދި ދިވެހި ސަރުކާރުން ވެސް މި މަޝްރޫއު ލަސްކުރުމަށް ޓަކައި ނޫނީ ކުރިއަށް ނުގެންދިއުމަށް ޓަކައި، ހުރިހާ މަސައްކަތެއް ކުރަމުންދަނީ ވެސް އަވަސްކުރުމަށް ޓަކައި،" އޭނާ ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި، އެ މަޝްރޫއުގެ ފީޒިބިލިޓީ ސްޓޭޖު ނިންމައި، ސާވޭއާއި ޑިޒައިންކުރާނެ ޓީމެއް ހޮވައިފައިވާނެ ކަމަށާއި، އެ ޓީމު މި މަހުގެ ތެރޭ މާލެ އަންނާނެ އެވެ.

އެއަށްފަހު، ޗައިނާގައި ޓެންޑާކޮށް ޕްރޮކިއާކުރެވި، ވަކި ކުންފުންޏެއް ހޮވައި، މަސައްކަތް ފެށޭނެ ކަމަށާއި، ނަމަވެސް ވަކި ތާރީހެއް ދަންނަވަން ދަތިކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މި މަޝްރޫއުއަކީ 2024ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހަމަޖެހުނު މަޝްރޫއުއެކެވެ.

މިގޮތުން، ސަރުކާރުން ބޭނުންވާ މަޝްރޫއުތަކަކަށް 130 މިލިއަން ޑޮލަރު ޗައިނާގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަމަށާއި، އޭގެ ތެރެއިން ބޮޑު ބައެއް ކަނޑައަޅާފައިވަނީ މާލޭގެ މަގުތައް ހެދުމަށް ކަމަށް ރައީސް މުއިއްޒު އޭރު ވިދާޅުވެފައި ވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.