މިއަދު ހެނދުނު 8:50 ހާއިރު ފުލުހުން ބުނެފައި ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން އިމަޖެންސީ ލައިންކަމަށްވާ 119 އާއި ހޮޓްލައިން ނަންބަރު 3322111 ގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

މިއަދު ހެނދުނު 8:50 ހާއިރު ފުލުހުން ބުނެފައި ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން އިމަޖެންސީ ލައިންކަމަށްވާ 119 އާއި ހޮޓްލައިން ނަންބަރު 3322111 ގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އަދި މައްސަލަ ހައްލުކުރެވެންދެން ގުޅާނެ ނަންބަރެއްވެސް ހިއްސާކޮށްފައިވެ އެވެ.
ނަމަވެސް މިހާރު މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި، އެ ދެ ލައިންވެސް މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް ފުލުހުން މީގެ އިރުކޮޅެއް ކުރިން ބުނެފައިވެ އެވެ.
އަދި މައްސަލަ ހައްލުވުމާއެކު، ފުލުހުންގެ ހިދުމަތް ހޯދުމަށް ހޮޓްލައިނާއި އިމިޖެންސީ ލައިން ބޭނުން ކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.