އެފްޑީސީ ފްލެޓުތަކަށް ރަޖިސްޓްރީ ހަދާނުދޭތީ ވަޒީރުގެ ނުރުހުން ސިޓީ ކައުންސިލަށް

ސިޓީ ކައުންސިލުން އެކަން ކޮށްދޭން ދެކޮޅު ހަދަމުންދަނީ ސަރުކާރާއި ރައްޔިތުން "ޖެއްސުމަށް" ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވި.

އެފްޑީސީ އިން އަޅާ ދެ ކޮޓަރީގެ ފްލެޓެއްގެ ސިޓިން ރޫމް

ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައި ދިނުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށާއި، އެކަން ކުރަން މާލެ ސިޓީ ކައުންސިލުން ދެކޮޅު ހަދަމުންދަނީ ސަރުކާރަށް އުނދަގޫ ކުރުމަށްކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ. 

އެފްޑީސީ އާއެކު މިހާރު ހަދަމުންދަނީ ކުލީގެ އެއްބަސްވުމަކަށްވާތީ، މި އެއްބަސްވުމުގެ ދަށުން ރަށްވެހިންގެ ރަޖިސްޓަރީ ހައްދައިނުދެވާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވާތީ އެކަމާ ގުޅޭގޮތުން، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސުވާލު ކުރައްވައިފަ އެވެ.

އެކަން ސާފުކޮށްދެއްވަމުން، މުއްތަލިބު ވިދާޅުވީ، މީގެ ކުރިން ހިންގާފައިވާ ސޯޝަލް ހައުސިން މަޝްރޫއުތަކުގައި ފްލެޓު ލިބުނު ފަރާތްތަކާ އެކު ހަދާފައިވަނީ ރެންޓު އޯން އެއްބަސްވުންތަކެއް ކަމަށެވެ.

އެފްޑީސީގެ ފްލެޓުތަކުގައި ސޭލްސް އެންޑް ޕާޗަސް އެއްބަސްވުންތަކެއް ހަދާފައިވިޔަސް، އެ ދެ އެއްބަސްވުމުގައި އެއްވެސް ތަފާތެއް ނެތް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިގޮތުން، އެ ދެ އެއްބަސްވުމުގެ ދަށުން ވެސް ތަނުގެ ރަޖިސްޓްރީ ފްލެޓު ލިބުނު މީހާގެ ނަން މައްޗަށް ބަދަލުކޮށްދެނީ، ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ ތަނުގެ އަގު އެއްކޮށް ދައްކާ ހަލާސް ކުރުމުން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް --

"އެހެންވީމާ، ރަޖިސްޓްރީ ހަދާ ނުދޭކަށް ގާނޫނީ ގޮތުން އެއްވެސް ހުއްޖަތެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އެފްޑީސީ ފްލެޓުތަކަށް ރަޖިސްޓްރީ ހަދައި ދިނުމަށް އެފްޑީސީއަށް ވެސް އަދި ސިޓީ ކައުންސިލަށް ވެސް މިނިސްޓްރީން އަންގާފައިވާ ކަމަށާއި، ނަމަވެސް ސިޓީ ކައުންސިލުން އެކަން ކޮށްދޭން ދެކޮޅު ހަދަމުންދަނީ ސަރުކާރާއި ރައްޔިތުން "ޖެއްސުމަށް" ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.