ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދައިފި

ފުލުހުން މިއަދު ބުނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ރޭގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މާލެ ޖަލު -- ފޮޓޯ: ދަ ޕްރެސް

ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދައިފި އެވެ.

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުއްޓައި، ބަންދު ގޮޅީގައި ހަބަރު ހުސްވެފައި އޮއްވައި މިދިޔަ މަހުގެ 15 ވަނަ ދުވަހު ފެނިފައި ވަނީ މ. ރޭއަލިވާގެއާގެ / މާލެ، އަހުމަދު ނަވްޝާދު 41، އެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފަ އެވެ. 

އެހެންވެ، އޭނާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ނިންމައި، ރާއްޖޭން ބޭރަށް ހަށިގަނޑު ވަނީ ފޮނުވާފަ އެވެ.

ފުލުހުން މިއަދު ބުނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ރޭގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ ހިއްސާކޮށްފައިވާ ކަމަށް ވެސް ފުލުހުން ކުރިން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.