އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، 17 ސްމާޓް ފޯނާއި، 35 ޗާޖިން ކޭބަލާއި، 29 ޖޮއިންޓައި އެޑެޕްޓަރަކާއި، 4 ކައްޓާގެ އިތުރުން، ޕެން ޑްރައިވްއަކާއި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނު އެތެރެކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މާފުށީ ޖަލު ކައިރިން އިއްޔެ ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރީ، މާސް، މުހައްމަދު ޝަހީރު 28، ކަމަށެވެ.
އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، 17 ސްމާޓް ފޯނާއި، 35 ޗާޖިން ކޭބަލާއި، 29 ޖޮއިންޓައި އެޑެޕްޓަރަކާއި، 4 ކައްޓާގެ އިތުރުން، ޕެން ޑްރައިވްއަކާއި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.