އައިއައިޓީއީ ދަރިވަރުންގެ ޔޫނިއަން އިފްތިތާހުކޮށްފި

މި ރަސްމިއްޔާތު ބޭއްވުމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ޔޫނިއަންގެ މެންބަރުން ރަސްމީކޮށް އައްޔަންކުރުމާއި، މުއައްސަސާގެ ތެރޭގައި ދަރިވަރުންގެ ލީޑަރޝިޕް ވަރުގަދަކޮށް ހަރަކާތްތެރިކަން އިތުރުކުރުން ހިމެނެއެވެ.

އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝަރީ އެޑިއުކޭޝަންގެ ދަރިވަރުންގެ ޔޫނިއަން އަދި އެ ކޮލެޖުގެ ބައެއް އިސްވެރިން

އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝަރީ އެޑިއުކޭޝަން (އައިއައިޓީއީ) ގެ މި އަހަރުގެ ދަރިވަރުންގެ ޔޫނިއަން ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ކުލަގަދަގޮތެއްގައި ބާއްވައިފިއެވެ. 

މިދިޔަ އޭޕްރިލް މަހުގެ 16 ވީ ބުރާސްފަތި ދުވަހުގެ ރޭ އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) ގައި ބޭއްވި މި ރަސްމިއްޔާތުގައި މި އަހަރުގެ އެކަޑެމިކް އަހަރަށް އަލަށް އިންތިޚާބުވި ޔޫނިއަންގެ މެންބަރުންތައް ވަނީ ރަސްމީކޮށް މަގާމުތަކާ ހަވާލުވެފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ފުރަތަމަ ޑައިރެކްޓަރު / ސެކްރެޓަރީ، މަންޖިސްތާ މުކަރްޖީ އެވެ. މީގެ އިތުރުން، އައިއައިޓީއީގެ ހުރިހާ މުވައްޒަފުންނާއި ގިނަ އަދަދެއްގެ ދަރިވަރުން މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝަރީ އެޑިއުކޭޝަންގެ ދަރިވަރުންގެ ޔޫނިއަން

މި ރަސްމިއްޔާތު ބޭއްވުމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ޔޫނިއަންގެ މެންބަރުން ރަސްމީކޮށް އައްޔަންކުރުމާއި، މުއައްސަސާގެ ތެރޭގައި ދަރިވަރުންގެ ލީޑަރޝިޕް ވަރުގަދަކޮށް ހަރަކާތްތެރިކަން އިތުރުކުރުން ހިމެނެއެވެ. އަދި ދަރިވަރުންނާއި އިންސްޓިޓިއުޓްގެ މެނޭޖްމަންޓާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމަށް ހިތްވަރު ދިނުމަކީވެސް މި ރަސްމިއްޔާތުގެ މުހިންމު ބޭނުމެކެވެ.

ދަރިވަރުންގެ ޔޫނިއަންގެ އިސް މަގާމުތައް

  •  ރައީސް: ޢާއިޝަތު އީނާސް
  •  ނައިބު ރައީސް: ނަޞްރުﷲ ޢަބްދުލްޤައްޔޫމް
  •  ސެކްރެޓަރީ : ފާޠިމަތު އަޙްމަދު
  •  ޚަޒާންދާރު: މުޙައްމަދު ޙިސާން
  •  މީޑިއާ ކޯޑިނޭޓަރު: އާމިނަތު އައިހާ ޝަމީމް
  •  ކްލާސް ރެޕްރެޒެންޓޭޓިވް: ޢާއިޝަތު ނަޞީރު

މި ދަރިވަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު މަންޖިސްތާ މުކަރްޖީއެވެ. އައިލެންޑް އިންސްޓިޓިއުޓް އޮފް ޓަރޝަރީ އެޑިއުކޭޝަންގެ މެނޭޖްމަންޓުގެ އުންމީދަކީ މި އާ ލީޑޝިޕާއެކު ދަރިވަރުންގެ އިތުރު ހަރަކާތްތަކަށް އާ ދިރުމެއް ލިބި، އިންސްޓިޓިއުޓްގެ ތަޢުލީމީ މާޙައުލު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝަރީ އެޑިއުކޭޝަންގެ ދަރިވަރުންގެ ޔޫނިއަން އަދި އެ ކޮލެޖުގެ ބައެއް އިސްވެރިން

މި ރަސްމިއްޔާތުގައި އައިއައިޓީއީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ފަރާތް ގުޅިގެން ކުރިއަށްގެންދެވޭނެ ހަރަކާތްތަކާ ބެހޭގޮތުން ވެސް ވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ. އައިއައިޓީއީ އިން މަޢުލޫމާތު ދޭގޮތުގައި، މިފަދަ ޔޫނިއަންއެއް އިފްތިތާހު ކުރެވުމަކީ ދަރިވަރުންގެ ކުރިއެރުމަށާއި، ތަޢުލީމީ މާޙައުލުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ރަސްމިއްޔާތު ނިމިގެންދިޔައީ އާ ޔޫނިއަންއާ އެކު އިންސްޓިޓިއުޓަށް އުންމީދީ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގެ ޔަގީންކަމާ އެކުގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.