ބޭރުގެ ސައިޓްތަކުން ވިޔަފާރިކުރަން ލިމިޓެއް | މަހަކު ހެދޭނީ 30 ޓްރާންސެކްޝަން

ބީއެމްއެލްއިން ބުނީ މަހަކު 30 ޓްރާންސެކްޝަނަށްވުރެ ގިނައިން ވިޔަފާރި ކުރަނީ އީކޮމާސްގައި ހަރަކާތްތެރިވާ އެންމެ ތިން ޕަސެންޓެވެ.

ބީއެމްއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި މައުލޫމާތު ދެއްވަނީ -- ބީއެމްއެލް

އީކޮމާސްގެ ގޮތުގައި ބޭރުން ތަކެތި ގަންނަ ފަރާތްތަކުން ކޮންމެ މަހަކު ހެދޭނެ ޓްރާންސެކްޝަންގެ އަދަދު 30 އަށް ލިމިޓް ކުރަން ބީއެމްއެލްއިން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކާޑު ނެޓްވޯކް އޮންނަ އަދި އެންމެ ގިނަ ކަސްޓަރުން ހިމެނޭ ބީއެމްއެލް އިން މި ލިމިޓު ގެންނަން ނިންމުމާ ބެހޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ / އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވީ މި ފިޔަވަޅު އަޅަން ޖެހުނީ ހަނގުރާމައިގެ ސަބަބުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން މަަދުވެ އަންނަ ބަދަލުތަކާ ގުޅިގެން ބޭންކް އަށް ލިބޭ ބޭރު ފައިސާ ވީހާ ވެސް ހަމަހަމަކޮށް ހުރިހާ ފަރާތްތަކަށް ފޯރުކޮށް ދިނުމަަށެވެ.

"އީކޮމާސްގައި 30 ޓްރާންސެކްޝަނަށްވުރެ ގިނައިން ބޭނުން ކުރަނީ ތިން ޕަސެންޓަށްވުރެވެސް މަދު ބައެއް. އެހެންވެ އީކޮމާސްއަށް ކަނޑައަޅާ ބަޖެޓު ވީހާވެސް ހަމަހަމަކޮށް ބޭނުން ކުރެވޭނެ ގޮތް ހަދަން ގެނައި ބަދަލެއް. މި ތިން ޕަސެންޓް މީހުން އެއަށްވުރެ ގިނައިން ބޭނުން ކުރޭ. އެހެންވެ އަޅުގަނޑުމެން ބެލިބެލުމުން 30 ޓްރާންސެކްޝަނަށް ލިމިޓް ކުރުމުން ދައްޗެއް ނުވާނެ،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބަދަލު ގެނައި ނަމަވެސް ޑޮލަރު ކާޑުތަކަށް ލިމިޓެއް ނެތި ބޭނުން ކުރެވޭނެ ކަމަށެވެ.

"ޑޮލަރުން ދައްކާ ކްރެޑިޓް ކާޑުވެސް ބޭނުން ކުރެވޭނެ،" ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލް އިން މީގެ އިތުރުން މިއަދު ވަނީ އެއް ކްރެޑިޓް ކާޑަށްވުރެ ގިނަކާޑު ގެންގުޅުއްވާ ފަރާތްތަކަށް ހަމަ އެކަނި އެއްކާޑަށް އަހަރީ ފީނެގުމުހެ އިތުރުކާޑުތަކަށް އަހަރީ ފީ ނުނަގާގޮތަށް ހަމަޖެއްސަން ވެސް ނިންމާފަ އެވެ. އަދި ޓީޓީ ތަކަށް ބޭރު ފައިސާ ވިއްކުން ބޭންކް ހުޅުވިފައި ހުންނަ ގަޑިއަށް ހަމަޖެއްސަން ނިންމުމުގެ އިތުރުން، ބޭރު ފައިސާ އެ ޓީޓ އަކަށް ހަމަޔަށް ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތައް ވެސް ހިމަނައިގެން ހުރިހާގަޑިއެއްގައި ފޮނުވޭނެ ގޮތަށް ބަދަލު ގެނެސްފަ އެވެ. އަދި ޓީޓީ ތައް ސްޕްލިޓްކޮއްގެން ފޮނުވާ ފަރާތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ކަޑައެޅިފައިވާ ލިމިޓްގެ ތެރެއިން ބޭރު ފައިސާ ވިއްކުމަށް ވެސް ނިންމާފަ އެވެ.

ބީއެމްއެލް އިން ވަނީ މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 136 މިލިއަން ޑޮލަރު ވިއްކާފަ އެވެ. އަދި މިދިޔަ އަހަރު 175 މިލިއަން ޑޮލަރު ވަނީ ޓީޓީ ހަދަން ވިއްކާފަ އެވެ. ނަމަވެސް މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ވިއްކި ޓީޓީ ޑޮލަރުގެ އަދަދު ވަނީ 136 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު ޓީޓީ ހަދަން މަހެއްގެ މައްޗަށް 15 މިލިއަން ޑޮލަރު ވިއްކިނަމަވެސް މި އަހަރު މި އަދަދު ވަނީ 34 މިލިއަން ޑޮލަރަށް އިތުރުކޮށްފަ އެވެ. މި އަހަރުގެ ޖެނުއަރީ މަހު ޓީޓީ ހަދަން 10830 ޓީޓީއަށް 35 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.އަދި ފެބްރުއަރީ މަހު 10551 ޓީޓީ ހަދަން 34 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. އަދި މާރިޗު މަހު 10600 ޓީޓީއަށް 37 މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ. އަދި އެޕްރީލް މަހު 8955 ޓީޓީއަށް 30 މިލިއަން ޑޮލަރު ވިއްކި އެވެ. އަދި މި އަހަރުގެ މިދިޔަ ހަތަރު މަސް ތެރޭ 40،844 ޓީޓީއަށް ބޭރު ފައިސާ ވިއްކާފައިވެ އެވެ. އަދި ޑެބިޓް އަދި ކްރެޑިން ކާޑުތަކަށް މިދިޔަ އަހަރު 390 މިލިއަން ޑޮލަރު ވިއްކާފައިވާއިރު މި އަހަރުގެ މިދިޔަ ހަތަރު މަހު 160 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މިއީ މިދިޔަ އަހަރު މަހަކު 33 މިލިއަން ޑޮލަރުގައި ހުރި އަދަދެކެވެ. ނަމަވެސް މި އަހަރު ވަނީ 40 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. 

މިދިޔަ އަހަރުގެ އެޕްރީލް މަހު ރާއްޖޭން ބޭރުން ބީއެމްއެލްއަށް 1.26 ބިލިއަން ޑޮލަރު ލިބުނުއިރު، މި އަހަރު އެޕްރީލްގެ ނިޔަލަށް 1.58 ބިލިއަން ޑޮލަރު އައިސްފައިވެ އެވެ. މި މުއްދަތުގައި މިދިޔަ އަހަރު ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ މިންވަރު ހުރީ 1.05 ބިލިއަން ޑޮލަރުގަ އެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 1.45 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މި އަހަރުގެ ހަތަރު މަސް ދުވަހުގެ ތެރޭގައި އިތުރަށް 100 މިލިއަން ޑޮލަރު ވަނީ ބޭރުފަ އެވެ. އެޕްރީލް މަހު ރާއްޖޭން ބޭރުން އައި ފައިސާގެ ނިސްބަތް އުޅެނީ 36 މިލިއަން ޑޮލަރުގަ އެވެ. ނަމަވެސް ބޭރުވި ފައިސާގެ މިންވަރު ހުރީ 410 މިލިއަން ޑޮލަރުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.