ބޭރުގައި ކިޔަވާ އަމިއްލަ ކާޑެއް ނެތް ކުދިންނަށް ބެލެނިވެރިޔާގެ ކާޑު ބޭނުން ކުރެވޭނެ

މި ބަދަލާއެކު ބީއެމްއެލްއިން ސްޓޫޑެންޓުންނަށް ބޭރުގައި ބޭނުން ކުރަން ކާޑެއް ހައްދައިދޭނެ އެވެ. ބޭރުގައި ކިޔަވާ ކުދިންނަށް 1200 ޑޮލަރު ލިމިޓެއް އިންނާނެ އެވެ.

ބީއެމްއެލްގެ ސީއީއޯ / އެމްޑީ އިބްރާހިމް ޝަރީފު މިރޭ ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

ކާޑުގެ ވެރިފަރާތް ބޭރަށް ނުގޮސް ކާޑު ބޭނުން ނުކުރެވޭ ގޮތަށް ހެދިނަމަވެސް ބޭރުގައި ކިޔަވާ އަމިއްލަ ކާޑެއް ނެތް ކުދިންނަށް ބެލެނިވެރިޔާގެ ކާޑު ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.

ބޭންކުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ / އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިމިގްރޭޝަން އާއިއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަން އާއި އެކު، ރާއްޖެއިން ބޭރުގައި ޕީ.އޯ.އެސް އަދި އޭ.ޓީ.އެމް ތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް، ހަމަ އެކަނި ރާއްޖެއިން ބޭރުގައި ތިއްބަވާ އިރު އެކްޓިވް ވާގޮތަށް ހަމަޖެއްސިނަމަވެސް ކިޔަވާ ކުދިންނަށް މިކަމުން ދައްޗެއް ކުރިމައްޗެއް ނުވާނެ އެވެ.

"މި ބަދަލާއެކު ބީއެމްއެލްއިން ސްޓޫޑެންޓުންނަށް ބޭރުގައި ބޭނުން ކުރަން ކާޑެއް ހައްދައިދޭނެ. އޭގައި ސްޓޫޑެންޓުންގެ ލިމިޓް ހިމެނޭނެ. ބޭރުގައި ކިޔަވާ ކުދިންނަށް 1200 ޑޮލަރު ލިމިޓެއް އިންނާނެ. އުންމީދު ކުރަނީ ކާޑު ހެއްދުމުގެ ކަންކަން ފުދޭ ވަރަކަށް އަވަހަށް ނިންމާލެވޭނެ ކަމަށް،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ މި ބަދަލުގެ ސަބަބުން ބޭރުގައި ބެލެނިވެރިންނާއެކު ކިޔަވާ ކުދިންގެ ބެލެނިވެރިންގެ ކާޑުތަކުގައި އޮންނަ ލިމިޓުގެ އިތުރުން ދަރިވަރުންނަށްވެސް ވަކި ލިމިޓެއް ލިބިގެންދާނެ އެވެ. އެހެންވެ މިއީ އިތުރު ފަސޭހައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.