ޗެއާޕާސަން އިންތިހާބު ފަސްކުރުމާ ކެނޑިޑޭޓުން ދެކޮޅު

"އިންތިހާބު ލަސްކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތް. ފައިސާ ވެސް ހޯދޭނެ. އިންތިހާބު އަވަސްކުރަންވީ،" ފައްޔާޒު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީން ބޭއްވި ކެމްޕޭނު ހިނގާލުމެއް --

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރުމާ، އެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ދެކޮޅު ހައްދަވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި ގައުމީ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ރޭ ވަނީ ހުށަހަޅުއްވާފަ އެވެ. އެގޮތަށް އޭނާ ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ އިންތިހާބު ބާއްވާނެ ފައިސާ ނެތް ކަމަށާއި މިވަގުތު އެ ދެ އިންތިހާބު ބާއްވައިފި ނަމަ ޕާޓީގެ މަސްލަހަތު ގެއްލިދާނެ ކަމަށް ބެލެވޭތީ އެވެ.

ނަމަވެސް އިންތިހާބު ފަސް ކުރުމަށް ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް ނަސީމް ވަނީ ދެކޮޅު ހައްދަވާފަ އެވެ. އަދި ޗެއާޕާސަން ކެނޑިޑޭޓް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްވެސް ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.

މީކާއިލް ރޭ ވިދާޅުވެފައި ވަނީ ޗެއާޕާސަން އިންތިހާބު ލަސްކުރަން މަސައްކަތް ކުރުމަކީ ޕާޓީގެ މެންބަރުންވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އެ އިންތިހާބު ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

"ވަކި ބަޔަކަށް ފައިދާވާގޮތަށް އިންތިހާބާ ނުކުޅުއްވާ، ކޮމިޓީއިން ނިންމާފައިވާ ނިންމުމަށް އިހްތިރާމް ކުރައްވާ. އަޅުގަނޑާއި އަޅުގަނޑުގެ ޓީމު މިތިބީ އިންތިހާބަށް ފުރިހަމައަށް ތައްޔާރަށް،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލްގެ އެ ޕޯސްޓް ކޯޓުކުރައްވަމުން ފައްޔާޒު ވެސް ވަނީ އެކަމާ ދެކޮޅު ހައްދަވާކަން ހާމަކުރައްވާފަ އެވެ.

"އިންތިހާބު ލަސްކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތް. ފައިސާ ވެސް ހޯދޭނެ. އިންތިހާބު އަވަސްކުރަންވީ،" ފައްޔާޒު ވިދާޅުވެފައިވެ އެވެ.

އެ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ. ހުރިހާ ކެނޑިޑޭޓުންވެސް މިހާރު ދަނީ އިންތިހާބަށް ވަރުގަދަޔަށް ކެމްޕޭނު ކުރައްވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.