އެމްއެމްއޭއިން މިދިޔަ އަހަރު 1.1 ބިލިއަން ޑޮލަރު ވިއްކި، %10 ގެ އިތުރުވުމެއް

މިދިޔަ އަހަރު އާއްމު ފަރުދުންނަށް ންމުންނާއި ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް 447.6 މިލިއަން ޑޮލަރު ވިއްކި އެވެ. މި އަދަދު ވަނީ ކުރީ އަހަރަށްވުރެ 29 ޕަސެންޓް އިތުރު ވެފަ އެވެ.

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސް ފެށުމުގެ ގޮތުން ގަވަނަރު ތަގުރީރުކުރައްވަނީ، ފޮޓޯ: އެމްއެމްއޭ

މަރުކަޒީ ބޭންކުން މިދިޔަ އަހަރު 1.1 ބިލިއަން ޑޮލަރު ރާއްޖެއަށް ބޭނުންވާ ކާބޯތެއްޗާއި ތެޔޮ އަދި ދިވެހިން ބޭރަށް ފުރަން ވިއްކިއިރު މިދިޔަ އަހަރަށްވުރެ ވިއްކި މިންވަރު 10 ޕަސެންޓް އިތުރު ވެއްޖެ އެވެ. 

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރު 1.1 ބިލިއަން ޑޮލަރު ވިއްކިއިރު މީގެ ތެރޭން 42 ޕަސެންޓް ވިއްކާފައިވަނީ ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް އެތެރެ ކުރުމަށެވެ. މި ޑޮލަރުގެ ތެރޭން ޖުމްލަ 650.9 މިލިއަން ޑޮލަރު ވިއްކާފައިވަނީ އެސްއޯއީތަކަށެވެ. މީގެ މައިގަނޑު ބޭނުމަކީ ތެޔޮ، ކާބޯތަކެތި، ބޭސް އަދި މެޑިކަލް ސާމާނު އިމްޕޯޓް ކުރުމަށާއި ބޭރުގެ ދަރަނި ދެއްކުމެވެ. 

މި ރިޕޯޓުގައިވާ ގޮތުން އާންމުންނާއި ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް 447.6 މިލިއަން ޑޮލަރު މިދިޔަ އަހަރު ދޫކުރެވުނެވެ. މިއީ ކުރީ އަހަރަށްވުރެ 29 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ބޭސްފަރުވާއާއި ތައުލީމަށް ބޭރު ގައުމުތަކަށް ބޭސްފަރުވާއަށްދާ ދިވެހިންނަށް ދޭ އެހީތެރިކަން މިދިޔަ އަހަރު ވަނީ އިތުރުކޮށްފަ އެވެ. މީގެ އިތުރުން ސަރުކާރުގެ ދަރަނި ދެއްކުމަށާއި، ތައުލީމާއި ސިއްހީ ކަންކަމަށް 436.0 މިލިއަން ޑޮލަރު އެމްއެމްއޭ އިން ފޯރުކޮށް ދީފައިވެ އެވެ. 

އެމްއެމްއޭއިން މި ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރު ޖޫން އެއް ވަނަ ދުވަހުން ފެށިގެން، ބޭރު ފައިސާ މާރުކުރުމުގެ ނިޒާމަށް ގެނެއި ބަދަލާއެކުގަ އެވެ. މި ބަދަލާއެކު ޓޫރިޒަމް ސިނާއަތުން ބޭންކްތަކަށް 670.8 މިލިއަން ޑޮލަރު މާރުކޮށްފައި އެވެ. އަދި ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓްތަކާއި ގެސްޓްހައުސްތަކެއް ވެސް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މި ބަދަލާއެކު އެމްއެމްއޭއިން ވަނީ ޓޫރިޒަމް ސިނާއަތުން ލިބޭ ޑޮލަރު ދިވެހިންގެ ބޭނުންތަކަށް ހާއްސަކޮށްފަ އެވެ. މީގެ މައިގަނޑު ބޭނުމަކީ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި އިމްޕޯޓް ކުރުމަށް އިސްކަންދީ، ތަކެތީގެ އަގު އުފުލުން ކުޑަކުރުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.