ބޮޑު ކޮންވެންޝަންގެ ރިޔާސަތުގައި ބައްޕަ، ހުށަހަޅައިދޭން ދަރިފުޅު

ދަރިފުޅު ޖަލްސާ ހުށަހަޅައި ދެއްވި އިރު ބައްޕަ އިންނެވީ ޖަލްސާގެ ރިޔާސަތުގަ އެވެ. ދަރިފުޅު ބައްޕައަށް ތައުރީފު ކުރެއްވި އިރު ބައްޕަގެ ލޮލުން ކަރުނަ ފޫދެމުން ދިޔަ އެވެ.

މިއަދުގެ ފެށި ކޮންފަރެންސް ހުށަހަޅައި ދެއްވަމުން ނޫރައިން އޭނާގެ ބައްޕައަށް ތައުރީފު ކުރައްވަނީ

ދަރިކަނބަލުންގެ ޖަލްސާ ހުށަހެޅުއްވި އިރު ޖަނާއަށް ފުން އަސަރުތަކެއް

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒު ގަދަ އެއް ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަންސް (އިފޮޕްކާ) ގެ ބޮޑު ކޮންވެންޝަން މިއަދު ވަނީ ދިވެހި ރާއްޖޭގައި ފަށާފަ އެވެ. ދުނިޔެ ސަމާލުކަން ދޭ ބޮޑު އެ ކޮންވެންޝަން ޕެރަޑައިސްގައި ފެށުމުގެ ރަސްމިއްޔާތު ހިނގި އިރު ގިނަ ބައެއްގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ތާރީހީ އެ ޖަލްސާ ހުށަހަޅައި ދޭން ހުންނެވި ދުނިޔޭގެ އެންމެ ބޮޑު އޮޑިޓް ފާމް ކަމަށްވާ އޭންސްޓެންޓް އެންޑް ޔަންގް (އީވައި) ނިއުޒިލޭންޑުގެ މެނޭޖަރު ސްޓްރެޓެޖީ އެންޑް ޓްރާންސްސެކްޝަންގެ މަގާމުގައި ހުންނެވި، ކޮލިފައިޑް ޗާޓެޑް އެކައުންޓެންޓެއް ކަމަށްވާ ދިވެހި ރާއްޖޭގެ ނޫރައިން މުހައްމަދު އަލީ ޖަނާހަށެވެ. އޭނާ އަކީ އިފޮޕްކާގެ ރައީސް ޖަނާހުގެ ބޭފުޅެކެވެ.

ދަރިފުޅު ޖަލްސާ ހުށަހަޅައި ދެއްވި އިރު ބައްޕަ އިންނެވީ ޖަލްސާގެ ރިޔާސަތުގަ އެވެ. ދަރިފުޅު ބައްޕައަށް ތައުރީފު ކުރެއްވި އިރު ބައްޕަގެ ލޮލުން ކަރުނަ ފޫދެމުން ދިޔަ އެވެ.

އިފޮޕްކާގެ ކޮންވެންޝަން ނޫރައިން މިއަދު ހުށަހަޅައި ދެއްވަނީ

ދުނިޔޭގައި ވެސް މަޝްހޫރު ކަމައް ހޯއްދަވާފައިވާ ނޫރެއިން ހަފުލާ ހުށަޅުއްވަމުން ގެންދަވަން ފެށުމާއެކު އިފޮޕްކާގެ ރައީސްގެ އަދި ނޫރައިންގެ ބައްޕަގެ މޫނުމަތިން ފުން އަސަރުތަކެއް ވެރިވެގެން ދިޔަތަން ފެނުނެވެ. ފަސޭހަ ކަމާއެކު ނޫރެއިން އެ ހަފުލާ ހުށަހަޅުއްވައި ދެއްވަމުން ވަނީ އޭނާގެ ބައްޕައަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. ވިދާޅުވީ ބައްޕައަކީ ބުރަ މަސައްކަތުން ގިނަ ގޮންޖެހުންތަކާއެކު ކުރިއަރައި މިހާރު ހުންނެވި ހިސާބަށް ވަޑައިގެންނެވި ވިޔަފާރިވެރިއެއް ކަމަށެވެ.

"އަޅުގަނޑުގެ ނަމުގެ ފަހަތުގައި އެވަނީ ޖަނާހު! އަޅުގަނޑުގެ ބައްޕައަކީ އިޕޮޕްކާގެ މިހާރުގެ ރައީސް! އަހަރެންގެ އާއިލާ ގުޅިފައި ވަނީ ކަނޑޫދު އާއި ހުޅުދޫއާ،" ދިވެހި ބަހުން ވާހަކަ ދައްކަން ފައްޓަވަމުން ނޫރެއިން ވިދާޅުވި އެވެ.

ނޫރައިންގެ ބައްޕަ މުހައްމަދު އަލީ ޖަނާހުް

ޓީވީން ވަގުތުން ދައްކަމުން ދިޔަ މި ރަސްމިއްޔާތުގައި ނޫރެއިންގެ ވާހަކަފުޅު ދައްކަވަމުން ގެންދިޔަ ކޮންމެ ހިނދެއްގައި ޖަނާހަށް ފުން އަސަރުތައް ކުރުވުމާއެކު ލޮލުން އުފަލުގެ ކަރުނަ އޮހުނެވެ.

ނިއުޒީލެންޑުގައި މިވަގުތު ދިރިއުޅުއްވާ ނޫރެއިނަކީ އެ ގައުމުގެ އެންމެ ނުފޫޒު ގަދަ އަންހެނުންގެ ތެރޭގައި މިހާރު ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ.
ނޫރައިން ފާހަގަ ކުރެވިފައި ވަނީ ވަރަށް ނަމޫނާ ޒުވާނެއްގެ ގޮތުގަ އެވެ. ހާއްސަކޮށް ބަދަލަށް ވަކާލާތު ކުރައްވާ އެހެން މީހުންނަށް އެހީތެރިވެ ދެއްވުމުގައި އެއީ މިސާލެކެވެ. ހައްގުތަކަށް އަޑު އުފުއްލެވުމާއި އެހީގެ މަސައްކަތުގައި ޗެންޕިއަނެކެވެ. "ޔޫއެން ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން ސަމިޓް" ގައި އަންހެނުން މަސައްކަތުގެ މައިދާނުގައި ކުލަ ތަފާތު ނުކުރުމަށް ގޮވާލާ ނިއުޒިލެންޑް ތަމްސީލް ކުރެއްވީ ނޫރައިންނެވެ.

ނޫރައިން ވަނީ 2015 ވަނަ އަހަރު "ވެެއިޓްމަޓާ ލޯކަލް ބޯޑް ގޫޑް ސިޓިޒެން އެވޯޑް" ވެސް ހޯއްދަވާފަ އެވެ. އަދި ޒުވާން އަންހެނުންނަށް ކުރިއަށް ދާންވީ ރަނގަޅު ގޮތް ވިދާޅުވެ ދެއްވާ އެކަމުގައި ހިތްވަރުދެއްވާ ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް އެހީތެރިވާން ހާއްސަ ޖަމިއްޔާއެއް ވެސް އުފައްދަވާފަ އެވެ. "އޮތެންޓިސިޓީ އެން ޒެޑް" ގެ ނަމުގައި ހިންގާ ޖަމިއްޔާއިން ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް އެހީތެރިވެ ދެއެވެ.

ނިއުޒީލޭންޑްގެ ސިޔާސީ ފަރާތްތަކާއި ކަމާގުޅޭ އިދާރާތަކުގެ އިސް ވެެރިންނާއި މަަޝްވަރާކޮށް ހިޖުރަވެެރިންނަށް ނިއުޒީލޭންޑްގައި ކުރިމަތިވާ ގޮންޖެހުންތަކާ ދަތިތައް ސަމާލު ކަމަށް ގެނެސްދިނުމުގައި ނޫރައިން މުހިންމު ދައުރެއް އަދާ ކުރައްވާފައި ވެއެވެ.

ކޮމެންޓް

1
450
މުހައްމަދު..
1 year ago

ޖަނާހުގެ މުއައްޒިފުންނަށް މުސާރަ ނުދީ އަޅު މަސައްކަތް ކުރުވާއިރު، އެ ފަރާތަކުގެ ދަރިންނާއި އަނބިންނާއި ނިކަމެތިވެ ހާލުގައި ޖެހިފައިވާ މައިންބަފައިންވެސް ތިބޭނެ ހަނދާނެއްނެތްތޯއެވެ. އެބައިމީހުންގެ ވެސް ލޯބިވާ ދަރިންތިބޭނެ ކަން ހަނދާންނެތީތޯއެވެ. އެ ދަރިންނަށްވެސް ލިބެންޖެހޭ އެތައް ހައްގުތަކެއް ޖަނާހު ނިއުޅާނުގަންނަނީތޯއެވެ. ކާމިޔާބާއި ފުރުސަތުތަކުން އެދަރިންތައް މަހުރޫމު ކުރުވޭއިރު ފެންކަޅިނުވޭތޯއެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.