މީގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ނިޒާރު ވަނީ ޕީސީބީ ގެ ރައީސްކަމުގެ މަގާމު އަދާކުރައްވައިފަ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު އަނަސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޕީސީބީން މިއަދު ބުނީ އަނަސްގެ އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމަށެވެ.
އަދި އެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މުހައްމަދު ނިޒާރު އައްޔަނުކުރައްވާފައި ކަމަށެވެ.
އަނަސް ޕީސީބީގެ ރައީސްގެ މަގާމަށް އައްޔަނު ކުރީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ، އޭގެ ކުރީ މަހު، ހަމްދީ އަގީލް އިސްތިއުފާ ދެއްވުމުންނެވެ.
ނިޒާރަކީ ބައިނަލްއަގުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
މީގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ނިޒާރު ވަނީ ޕީސީބީ ގެ ރައީސްކަމުގެ މަގާމު އަދާކުރައްވައިފަ އެވެ.