ގަޒްފުގެ މައްސަލަ ތަހުގީގު ކުރަނީ ޕީޖީ އަންގައިގެން

އެ މައްސަލަ ފުލުހުންގެ އިތުރުން މީޑިއާ ކޮމިޝަނުން ވެސް ބަލަމުންދޭ

އަދަދު ނޫހަށް ފުލުހުން ވަތް ރޭ ނޫސްވެރިން ކުރި އިހުތިޖާޖެއް--

އަދަދު އިން ހެދި ޑޮކިއުމެންޓްރީ އާ ގުޅޭ މައްސަލަ ތަހުގީގު ކުރަން ފެށީ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން އަންގައިގެން ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މުންދު މިހެން ވިދާޅުވީ އަދަދު ނޫހާ ގުޅޭ މައްސަލަ ތަހުގީގު ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެކަމާ ގުޅޭ ދެ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. 

އެއް ކަމަކީ ގަޒްފުގެ މައްސަލައެއް ކަމަށާއި އެ މައްސަލަ ބަލަން އެންގީ ޕީޖީ އޮފީހުން ކަމަށެވެ. ދެވަނަ މައްސަލައަކީ އެކަމާ ގުޅޭ ގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ހިނގަމުންދާ ތަހުގީގަކީ ރައީސް އަންގަވައިގެން ކުރި ކަމެއް ނޫން. ސަރުކާރުން އަންގައިގެން ކުރި ކަމެއް ނޫން." މުންދު ވިދާޅުވި އެވެ.

އެ މައްސަލާގައި ނޫސްވެރިކަމާ ގުޅޭ ބޭރުގެ ޖަމިއްޔާތަކާއި ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވެވަޑައިގެން އެ މައްސަލަ ފާހަގަ ކުރައްވާފައިވާ ކަމަށް މުންދު ވިދާޅުވި އެވެ.

އެ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ރަސްމީކޮށް ޖަވާބު ދީފައިވާ ކަމަށް މުންދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.