އެހެންކަމުން ސަރުކާރުން އެމްއޭސީއެލްއާއެކު ވަރަށް ބޮޑަށް މަސައްކަތްކޮށްގެން، މިދިޔަ ހުކުރު ދުވަހުން ފެށިގެން ޖެޓް ފިއުލްގެ ކޮންމެ ލީޓަރަކުން 0.25 ސެންޓް ކުޑަކޮށްފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

އެމްއޭސީއެލްއިން ޖެޓް ފިއުލްގެ އަގު ކުޑަކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ޖެޓް ފިއުލްގެ އަގު ބޮޑުވެގެން ދިއުމަކީ ވަރަށް ގިނަ ބަޔެއްގެ ކަންބޮޑުވުމެއް ކަމަށެވެ.
އެހެންކަމުން ސަރުކާރުން އެމްއޭސީއެލްއާއެކު ވަރަށް ބޮޑަށް މަސައްކަތްކޮށްގެން، މިދިޔަ ހުކުރު ދުވަހުން ފެށިގެން ޖެޓް ފިއުލްގެ ކޮންމެ ލީޓަރަކުން 0.25 ސެންޓް ކުޑަކޮށްފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގު ބޮޑުވެފައިވާތީ، އެމްއޭސީއެލް އިން މިދިޔަ މަހު ވަނީ ލީޓަރެއްގެ އަގު 1.69 ޑޮލަރަށް ބޮޑުކޮށްފަ އެވެ. އޭގެ ކުރިން ވިއްކަމުން ދިޔައީ 1.19 ޑޮލަރަށެވެ.
އަގަށް ގެނައި އާ ބަދަލާ އެކު، ޖެޓް ފިއުލް ލީޓަރެއް ދެން ވިއްކާނީ 1.44 ޑޮލަރަށެވެ.