ދުނިޔެ ހަނގުރާމައެއްގެ ތެރޭ އޮތަސް، ރާއްޖޭގެ އިމްޕޯޓް 19 % މައްޗަށް

މިދިޔަ އަހަރު 13 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަަރު މި އަދަދު ވަނީ 16 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މިނިސްޓަރު ސައީދު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ދުނިޔެ ހަނގުރާމައެއްގެ ތެރޭގައި އޮތްނަމަވެސް މިހާތަނަށް މި އަހަރު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު 19 ޕަސެންޓް އިތުރުވެއްޖެ އެވެ. 

ހަނގުރާމައާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ ކްރައިސިސް ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓާ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ އިމްޕޯޓް މިދިޔަ ތިން މަހުގެ އިމްޕޯޓް ވަނީ 19 ޕަސެންޓުގެ އިތުރުވުމެއް އައިސްފަ އެވެ. މިއީ މިދިޔަ އަހަރު 13 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަަރު މި އަދަދު ވަނީ 16 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. 

ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ މި އިތުރުވުމުގެ ސަބަބަކީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ މަޝްރޫއުތަކަށް ގެނައި މުދާ އިތުރުވުމެވެ. 

"މި މުއްދަތުގައި ޓޫރިޒަމް ވަނީ ދަށް ދުވަސްވަރެއް މިއީ. އަދި އާބާދީއެއް ސިގްނިފިކެންޓް އިތުރުވުމެއް ނާދެ،" ސައީދު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.