ތެޔޮ ރައްކާކުރާ ރިޒާވެއް ހަދަން މާލެ ކައިރިން ދެ ފަޅެއް ބަލަނީ

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތެލުގެ ސްޓޯރޭޖެއް ހަދަނީ މާލެ ކައިރީގައި ކަމަށާއި އެކި މޫސުންތަކުގައި ބޮޑެތި އުޅަނދުފަހަރަށް ލަފާފުރުމުގެ ދަތިކަން ކުރިމަތި ނުވާނެ ގޮތަކަށް ފަޅުތައް ބަލަމުން އަންނަކަން މިނިސްޓަރު ހާމަކުރެއްވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް އެތެރެކުރާ ތެޔޮ ރައްކާކުރާނެ ރިޒާވެއް ގާއިމުކުރުމަށް، މާލެ ކައިރިން ދެ ފަޅެއް ބަލަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޒަމީރު ވިދާޅުވީ، އެސްޓީއޯ މެދުވެރިކޮށް، ތެލުގެ ރިޒާވެއް ގާއިމްކުރުމުގެ މަސައްކަތުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތެލުގެ ސްޓޯރޭޖެއް ހަދަނީ މާލެ ކައިރީގައި ކަމަށާއި އެކި މޫސުންތަކުގައި ބޮޑެތި އުޅަނދުފަހަރަށް ލަފާފުރުމުގެ ދަތިކަން ކުރިމަތި ނުވާނެ ގޮތަކަށް ފަޅުތައް ބަލަމުން އަންނަކަން މިނިސްޓަރު ހާމަކުރެއްވި އެވެ. 

"މިހާރު ރޭވިފައި އޮތީ ތިން ފޭސްއަކަށް ބަހާލައިގެން ގެންދަން. ފުރަތަމަ ފޭސްގައި މާލެ ކައިރި ސަރަހައްދުން، މިވަގުތު އެސްޓީއޯ އިން ދެ ފަޅެއްގެ، ދެ ރަށެއްގެ ކައިރީގައި އޮތް ފަޅުގެ ސަރަހައްދު ބަލަމުން އެބަދޭ. އެތަނުން ކުރަން ޖެހޭނެ ސާވޭ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށޭ ހަފުތާ ހިސާބުގައި، ސާވޭ ކުރުމުގެ ކަންތައް ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ، ސްޓޯރޭޖު ހަދާ ތަނެއް މިހާރު "އައިޑެންޓިފައި" ކުރެވިފައިވާ ކަމަށެވެ. 

އެތަނުގެ ޑިޒައިނާއި މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތް ވެސް ރާވައި، ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕްލޭނެއް އެކުލަވާލައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅާނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.